ވަކީލުންގެ ގަވާއިދާއި ބެހޭގޮތުން ސްޕްރީމް ކޯޓާއި މަޝްވަރާކުރަނީ.

ގާނޫނީ ވަކީލުންގެ ކަންކަން ބެލެހެއްޓުމާއި ބެހޭގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ވަކީލުންގެ ގަވާއިދާއި ބެހޭގޮތުން ސްޕްރީމް ކޯޓާއި މަޝްވަރާކުރުމަށް ގާނޫނީ ވަކީލުންތަކެއް ނިންމައިފިއެވެ.

ގާނޫނީ ވަކީލުންތަކެއް މިގޮތަށް ނިންމާފައިވަނީ ސްޕްރީމް ކޯޓުން ނެރެފައިވާ މި ގަވާއިދުގައި މައްސަލަތަކެއް އުޅޭކަމަށްބުނެ ޝީ ބިލްޑިންގުގައި ރޭ ބޭއްވި ބައްދަލުވުމަކަށްފަހުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޝީ ބިލްޑިންގުގައި ރޭ ބޭއްވި ބައްދަލުވުމުގައި ކުރީގެ ބަންޑާރަ ނައިބް އަހުމަދު މުއިއްޒުއާއި، ޑެޕިއުޓީ ޕްރޮސެކިއުޓާރ ޖެނަރަލް ހުސައިން ޝަމީމާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ގެ އިތުރުން ގިނަ އަދަދެއްގެ ވަކީލުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މިމަހުގެ ކުރީކޮޅު ސުޕްރީމް ކޯޓުން ނެރެ އަމަލުކުރަން ފަށާފައިވާ ދިވެހިރާއްޖޭގެ ކޯޓްތަކުގައި ވަކާލާތުކުރާ ވަކީލުންގެ ގަވާއިދުގައި ވާގޮތުން ގާނޫނީ ވަކީލު ކަމުގެ ހުއްދަ އޮތް ނަމަވެސް އެމީހަކު ވަކާލާތުކުރާ ކޮންމެ ކޯޓެއްގައި ވަކިން އެމީހަކު ރަޖިސްޓްރީން ވާންޖެހެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަމުރު އެހާ ސާފެއްނޫން – ޕީޕީއެމް އަދީބު ދޫކޮށްލަން ބުނިއިރު އެމައްސަލައިގެ އެހެންމީހަކު އަދި ނަޝީދު ދޫކޮށްލަން ބުނިއިރު ޠޮލްޙަތުގެ ވާހަކައެއް ނާދެ!

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު އެހާސާފުނޫންކަމަށާއި އެއަމުރުގައި ހަމަނުޖެހޭ ކަންކަން އެބަހުރިކަމަށް ޕީޕީއެމުން ބުނެފިއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz