ވަރުގަދަ އަޒުމާ ގަދަ ހިތްވަރުން އެންމެ އުހަށް

ލަންދޫގެ ތާރީޙްގައި ފުރަތަމަ ފަހަރަށް މާސްޓަރ ޑިގުރީ ހާސިލްކުރި އަންހެން ޒުވާނާއަކީ ކޮބައިތޯ އަހައިފި ނަމަ ފަހަރެއްގައި ގިނަބަޔަކަށް އެއީ ކާކުކަން ނޭނގި ހިގައިދާނެއެވެ. އެހެނީ މިއަދު ލަންދޫއަކީވެސް ނިސްބަތުން ތަޢުލީމަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ވެފައި ތަފާތު ދާޢިރާތަކުން މަތީ ތަޢުލީމަށް ކިޔަވަމުންދާ ލަންދޫއަށް ނިސްބަތްވާ އެތަށް އެތަށް ދަރިންނެއް ހިމެނިގެންދާތީއެވެ.

ނ.ލަންދޫ ދޯދި އަލްފާޟިލްމުހައްމަދު ހުސެއިން ފުޅަށާއި ،  އަލްފާޟިލާ ހަސީނާ މުހައްމަދަށް ލިބިފައިވާ 4 ކުދިންގެ ތެރެއިން 3 ވަނައަށް ހުރި އަލްފާޟިލާ އައިޝަތު ފާރިޝާ ( ފާރި) ހިމެނިގެން މިދިޔައީ ލަންދޫގެ ތަރީހުގައި ފުރަތަމަ މާސްޓަރ ޑިގްރީ ހާސިލްކުރެއްވި އަންހެން ޒުވާނާގެ ގޮތުގައެވެ.

ފާރީގެ ވަރަށް ޅަ އުމުރުގައި ތަޢުލީމު ހޯދުމަށްޓަކައި ޢާއިލާއާއި އެކުގައި މާލެއަށް ބަދަލުވެ މަދަރުސަތުލް އަޙްމަދިއްޔާ (މިހާރުގެ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް) އަށް ވަންނަވާ އެ ސްކޫލުން ސާނަވީ އިމްތީހާނު ހައްދަވާ އެ އިމްތިހާނުން ވެސް ރަނގަޅު ނަތީޖާ އަކާއިއެކު ފެކަލްޓީ އޮފް އެޑިޔުކޭޝަންއިން ޓީޗިން ދާއިރާއިން ޑިގްރީ ހާސިލް ކުރެއްވުމަށްފަހު ފާރީ ގުޅިވަޑައިގެންނެވީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލާއެވެ.

މާލޭގައި ދިރިއުޅުންވަމުން ހުޅުމާލެއަށް ދުރުވެ ރެހެންދި ސްކޫލުގައި ކިޔަވައި ދެއްވުމުގެ ބުރަބޮޑު މަސްޢޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ފާރީވަނީ ކުރުމުއްދަތެއްގެ ތެރޭގައި އެސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިންގެ ލޯތްބާއި އިޙްތިރާމް ހާސިލްކުރައްވާފައެވެ.

އެންމެ ތުއްތު އިރެކޭ އެއްފަދައިން މިއަދުވެސް މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމުގައި ނަމޫނާ އެއްފަދަ ފާރީ ސްކޫލުގައި ވަޒީފާއަދާ ކުރައްވަމުން މާސްޓާރއަށް ކިޔަވަން ފައްޓަވާފައިވަނީ މީގެ 2 އަހަރުކުރިން އެވިޑް ކޮލެޖުންނެވެ. ސްކޫލެއްގައި ކިޔަވައި ދިނުމުގެ ބުރަ އަދި އެހާމެ ޒިންމާދާރުކަން ބޮޑު މަސައްކަތެއް ކުރައްވަމުން އިތުރަށް ކިޔެވުމާއިގެން ކުރިއަށް ދިއުމަށް ފާރީ ކުރިމަތިލެއްވީ އޭނާގެ ހިތުގައި ތަޢުލީމަށް އޮތްބޮޑު ޝަޢުޤުވެރިމެއްގެ ސަބަބުންކަން ޔަޤީނެވެ.

ތަފާތު ގޮންޖެހުންތަކަކާއި އެކުގައި ނަމަވެސް މިއަދު ފާރީވަނީ ލަންދޫގެ އެންމެ ފުރަތަމަ އަންހެން މާސްޓާރ ޑިގްރީ ހޯލްޑާރއަށް ވެލައްވާ ފާރީގެ ލޮބުވެތި މަންމައާއި ބައްޕަ އަދި ފާރީގެ މުޅިއާއިލާއަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސް ދެއްވާފައެވެ.

އުޅުމުގައިވެސް މަޑިމައިތިރި އެންމެންނާއި ގުޅޭ އަބަދުވެސް އުފާވެރި ހިނތުންވުމަކާއި އެކު ފެންނަ ފާރީއަށް “ލަންދޫއިންފޯ” ޓީމުގެ ފަރާތުން ވަރަށްހޫނު މަރުހަބާއެއްކިޔާ އިތުރު ކުރިއެރުމާއި ކާމިޔާބަށް އެދެމެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫގެ އެންމެހާ ރައްޔިތުންގެ އެންމެ މަޤްބޫލް ޒުވާނާ – ޢަބުދުﷲ އިބުރާހިމް (ޒީރޯ)

ލަންދޫގެ ކުދިބޮޑު އެންމެންގެ ގާތުގައި ލަންދޫގައި ހުރި އެންމެ ރަނގަޅު ޒުވާނާއަކީ ކޮބައިތޯ އަހައިފިނަމަ ގިނަބައެއްގެ ޖަވާބަކަށް ވާނީ ހަމަ …

ޚިޔާލެއްދެއްވާ

avatar
raabe
raabe

Landhoo akee noonu atoll ga oi thauleemee gothun emme dhah rah

އަހްމަދު
އަހްމަދު

ސަޅި. މަރުހަބާ

wpDiscuz