ވަންކަން ނުކުރާށެވެ.

އެހެންދުވަސް ދުވަހަށްވުރެ އަވަހަށް މިއަދު މޫސަ ސުކޫލަށް އައެވެ. އޭނާ ސްކޫލަށް އައިއިރުވެސް އޭނާއަތުގައި ގޭމުކުޅޭއެއްޗެއް އޮތެވެ. ހީވަނީ އެއީ ގޭމް ބޯއީއެއް ހެންނެވެ. އިރުކޮޅެއް ނުވެ އެކްލާހުގެ އެހެންކުއްޖެއް ކަމުގައިވާ އަލީވެސް އައިއްސިއެވެ. އޭ ތިޔައި ކޯޗެއްތަ؟ ދީބަލަ މަކުޅެލަން. އަލީ ބުންޏެވެ. އަލީ ހަމަ އެހެން ބުނުމާއެކީ ގޭމްބޯއީ އަލީ އަތަށްދީފައި މޫސަ އެތަނުން ދިޔައެވެ.

ދެން ބެލު ޖެހީމައި ހުރިހާ ކުދިން ކްލާހަށްވަނެވެ. ސަރ އަށް ނުދައްކަން ވެގެން ދެން އަލީ ގޭމު ކުޅޭ އެތި ދަބަހަށް ލިއެވެ.

ދެން ސަރ ވެސް ކްލާހަށް ދުރުއްވެއްޖެއެވެ.  ފައިހާ ބުންޏެވެ. މިއަދު އަޅުގަނޑު ގެނައި  ގޭމް ބޯއީ ނެތެވެ. ކޮންމެސް ކުއްޖަކު ނަގައިފިއެވެ. ޓީޗަރު އެހޯދަން ދަބަސް ތަށް ބެލިއެވެ. އަލީ ގެ ދަބަސް ބެލިއިރު އަލީގެ ދަބަހުގައި އެބައޮތެވެ. ހަމަވަގުތުން އަލީ ކުލާހުން ބޭރަށް ލިޔެވެ. އެދުވަހު ކްލާހުގެ ހުރިހާކުދިންވެސް އަލީ އާއި ވަރަށް މަލާމާތްކޮށް ހެދިއެވެ. އަލީ ނިންމީ އެއީ މޫސާ އަލީއަށް ދިން ލަނޑެއްކަމުގައެވެ.

އެހެންދުވަހެކެވެ. މޫސަ އަށް ކްލާހަށް އާދެވުނީ ވަރަށް ލަހުންނެވެ. ޓީޗަރު މޫސަ އައުމުން ސުވާލުކުރެއްވިއެވެ. ކިހިނެއްވެގެން ލަސްވީ؟ މޫސަ ބުންޏެވެ މާލަހުން ހޭލެވުނީއެވެ. ދެން އެއްފަހަރެއްކަމަށް މޫސަ ދޫކޮށްލިއެވެ. އެހެންނަމަވެސް މީގެ ފަހުން ކޮނމެ ދުވަހަކު ވެސް މޫސަ އަންނަނީ ވަރަށް ލަހުންނެވެ. އަދި ކްލާހުގައި ވަރަށް ސަކަރާތްވެސް ޖަހައެވެ.

ހަފްތާއެއްވަރު ފާއިތުވެއްޖެއެވެ. މޫސަގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. މިހެން އުޅެނިކޮން އަނެއްކާވެސް ޓީޗަރު ގެން ގުޅޭ ވަރަށް ރީތި ފޯނެއް މޫސަ ވަގަށް ނަގައިފިއެވެ. ވަގަށްނެގީ މޫސަކަމެއް ޓީޗަރަކަށް ނޭންގެއެވެ. އެހެންނަމަވެސް ޓީޗަރު މޫސަ ގާތު އެހިއެވެ. ކޮންކުއްޖެއް ސަރ ގެ ފޯނު ނެގީ؟  އަޅުގަނޑަކަށް ނޭންގެއެވެ. މޫސަ ބުންޏެވެ. އަނެއްކާ އަލީ ކަންނޭންގެއެވެ. ޓީޗަރު އަލީގެ ދަބަސް ބެލިއެވެ. އެކަމަކުވެސް ނެތެވެ.

ދެން ހުރިހާކުދިންގެ ދަބަސް ތަށްބެލިއެވެ. ނަމަވެސް ނުފެނުނެވެ. ދެން މިގޮތަށް ކޮންމެ ދުވަހަކު ކަންތައްވާތީ ހުރިހާކުދިންނަށް ފެންނަ ގޮތަށް ޓީޗަރު މިބޭއްވީ 32 ޖީބީ ގެ ޕެންޑްރައިވް އެކެވެ. އަދި ސީސީ ޓީވީ ކެމެރާއަށް އަރާގޮތަށް ޕެންޑްރައިވް ބޭއްވީ އެ ނަގަނީ ކޮންކުއްޖެއްތޯ ބަލާށެވެ. އެހެންނަމަވެސް މޫސައަކަށް މިކަމެއް ނޭންގެއެވެ.  ދަނޑިވަޅު ބަލާފައި މޫސަ އައިސް އެއްކަލަ ޕެންޑްރައިވް ނަގައި ޖީބަށްލިއެވެ.

އޭގެ އަނެއްދުވަހެވެ. ޕެންޑްރައިވް ނެގީ ކޮންކުއްޖެތޯ ޓީޗަރު ސުވާލުކުރެއްވިއެވެ. އަޅުގަނޑެއް ނުނަގަން . ހުރިހާކުދިންވެސް ޖަވާބުދިނެވެ. ދެން ޓީޗަރ މޫސަ އޮފީހަށް ގެންދިޔައެވެ.

ދެން މޫސަ އޮފީހަށް ގެންގޮސް މަށްސަލަ ބަލާފައި މޫސަގެ މަންމަ ކައިރީ މޫސަ ވަށްކަން ކުރާވާހަކަ ބުންޏެވެ. ދެން ބްލެކް ފައިލް ގައި ނޯޓް ކުރިއެވެ. ދެން އޭގެ ފަހުން މޫސަޔަކީ ވަރަށް ރަގަޅު ކުއްޖެކެވެ.

ނިމުނީ!

ލިޔުނީ: ޙަސަން ޒަޔާން އަޙްމަދު

ޙަސަން ޒަޔާން އަހްމަދަކީ ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. ޒާއްކޮ އެންމެ ލިޔާހިތްވަނީ ކުޑަކުދިންގެ ކުރުވާހަކައާއި، ކުޑަކުދިންގެ ޖޯކްތަކެވ.

މިލިޔުންވެސް ކިޔާލާ

ދުނިޔެ އަހަރެންނަށް އިމްތިހާނު ދިނީ މިހެންނެވެ.

ލިޔުނީ: މުޙައްމަދު ފަރުހާން – ގްރޭޑް 9 ފާލަމަށް ފެރީ ގާތްކުރުމާއިއެކު ދަބަސް ކޮނޑުގައި އަޅުވާލައިގެން ފެރީން ފޭބީމެވެ. ދަތުރުވެރިންގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz