އޯ.އައި.ސީ.އިން ސީރިއާ މިވަގުތަށް ސަސްޕެންޑް ކުރުމަށް ރާއްޖެއިން ތާއީދު ކުރިން-ރައީސުލްޖުމްޙޫރިއްޔާ!

އޯ.އައި.ސީ.އިން ސީރިއާ މިވަގުތަށް ސަސްޕެންޑް ކުރުމަށް ރާއްޖެއިން ތާއީދު ކުރި ކަމަށާއި، ސީރިއާ ސަރުކާރުން އެތާނގެ ރައްޔިތުންނާ ދޭތެރޭގައި ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތައް ހުއްޓާލުމަށް އޯ.އައި.ސީ. ސަމިޓުގައި ރާއްޖެއިން ގޮވާލި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ އެކްސްޓްރާ އޯޑިނަރީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މައްކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު މާލެ ވަޑައިގެން، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބައްދަލުކުރައްވައި، މި ދަތުރުފުޅާގުޅޭގޮތުން މަޢްލޫމާތު ދެއްވަމުންނެވެ.

މީގެ އިތުރަށް ރައީސް ވިދާޅުވީ މި ޖަލްސާގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ، ސީރިއާގެ މައްސަލައާއި، މިއަންމާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާބެހޭގޮތުންނާއި، މާލީގައި މިހާރު ދިމާވެގެން އުޅޭ ބައެއް މައްސަލަތަކާބެހޭގޮތުން ކަމަށް ރައީސް ވިދާޅުވި.މި މޭރުމުން އިތުރަށް ވާހަކަ ދަށްކަވަމުން ރައީސް ވިދާޅުވީ  މިދަތުރުފުޅުގައި ސަޢޫދީ ރަސްގެފާނާއި ވަލީޢަހުދާ ބައްދަލުކުރެއްވި ކަމަށާއި، އިސްލާމީ ބައެއް އެހެން ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ ފުރުޞަތުވެސް ލިބިވަޑައިގެންނެވި ކަމަށާ، އަދި އެބޭފުޅުންގެ ތެރޭގައި، ޤަޠަރުގެ އަމީރާއި ބޮޑުވަޒީރާއި، ކުވޭތުގެ އަމީރާއި، އުރުދުންގެ ރަސްގެފާނާއި، މެލޭޝިޔާގެ ބޮޑުވަޒީރާއި، ލުބުނާންގެ ބޮޑުވަޒީރު ހިމެނިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ.އަދި މި ބައްދަލުކުރެއްވުންތަކުގެ ސަބަބުން، ރާއްޖޭގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި، ޚާއްޞަކޮށް ކުވޭތާއި ޤަޠަރާއި ސަޢޫދީޢަރަބިއްޔާއިން ރަނގަޅު އެހީތަކެއް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz