އޯޓިޒަމް ކުދިން ބެލެހެއްޓުމާގުޅޭ އިންޓަރނޭޝަނަލް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި.

ހުޅުމާލޭގައި ހިންގާ ކުޑަކުދިންގެ މަރުކަޒުކަމުގައިވާ ފިޔަވަތީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، އޯޓިޒަމް ހުންނަ ކުދިން ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ ޚާއްޞަ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމްގައި، އޯޓިޒަމް ހުންނަ ކުދިންގެ ހެދިބޮޑުވުމާއި ޞިއްޙަތާ ގުޅުންހުރި މަޢުލޫމާތާއި، ޚާއްޞަ ސަމާލުކަމާއި ރައްކައުތެރިކަން ދިނުމާގުޅޭ ބައިތަކާއި، ކުދިންގެ އަޚުލާޤު ބައްޓަން ކުރެވިދާނެ ގޮތްތަކުގެ އިތުރުން ޢަމަލީ ތަޖުރިބާގެ އަލީގައި ހުނަރު ތަރައްޤީކުރުން ފަދަ މުހިންމު ދާއިރާތައް ހިމެނޭގޮތަށް ސެޝަންތައް ނަގާދެވިފައިވެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓުފިކެޓު ހަވާލުކޮށްދެއްވާފައިވަނީ، ޕްރޮގްރާމް ނިންމުމުގެ ގޮތުން އޯޓިޒަމް ސެންޓަރުގައި މިއަދު ބޭއްވި ޚާއްސަ ޙަފުލާއެއްގައެވެ. މި ޙަފުލާގައި ބައިވެރިންނާ މުޚާތިބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ ފިޔަވަތީގައި ދިރިއުޅޭ އޯޓިޒަމް ހުންނަ ކުދިންނަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނޭ ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމުގައި މިނިސްޓްރީގެ ޕްރޮގްރާމް މެނޭޖަރ ޖަލާ ޒުޙުރީ ވިދާޅުވިއެވެ. އަދި ކުރިމަގުގައި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން މި ފަދަ އިތުރު ޕްރޮގްރާމްތަކެއް އިންތިޒާމުކުރެވިގެން ދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

ޕާރޓްނަރޝިޕް އުސޫލުން ތަފާތު ހަރަކާތްތައް ހިންގުމަށްޓަކައި ކުރުނބާ މޯލްޑިވްސްއާއި އެޑްވޮކޭޓިންގ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)އާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއެކު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ސޮއިކޮށްފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގެ ދަށުން، މި ފަރާތްތަކުގެ އެހީތެރިކަމާއެކު، އޯޓިޒަމް ސެންޓަރުގައި މި މަހުގެ 17އިން 30އަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ފިޔަވަތީގެ އިސް ވެރިންނާއި ސުޕަވައިޒަރުންނާއި ޓީޗަރުން އަދި ކެއަރ ވަރކަރުން ހިމެނޭގޮތަށް ޖުމުލަ 16 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މިނިސްޓަރ ޒެނީޝާ ގއ.ވިލިނގިއްޔަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ގއ.ވިލިނގިއްޔަށް ރަސްމީ ދަތުރުފުޅެއްކުރައްވައިފިއެވެ. މި މަހުގެ 3ގައި …

ޚިޔާލެއްދެއްވާ

avatar