އޮންލައިންކޮށް ޤުރްއާން ކިޔެވުމަށް ވަރަށް ފަސޭހަ ވެބްސައިޓެއް.

އޮންލައިންކޮށް ކީރިތި ޤުރްއާން ކިޔެވުމަށް ކިއު ފޯރ ޤުރްއާން ޑޮޓް ކޮމް އިޚްތިޔާރު ކުރައްވާށެވެ.

މި ވެބްސައިޓުގެ ޚާއްޞަކަމަކީ އެމީހަކު ކޮންމެ ދުވަހަކުވެސް ކިޔަވާލަން ބޭނުންވާ މިންވަރެއް ކަނޑައެޅިފައި ބޭންދޭތީވެއެވެ. މިސާލަކަށް  ކޮންމެ ދުވަހަކުވެސް ކިޔަވަން ބޭނުންވަނީ 10 އާޔަތް ނުވަތަ 5 އާޔަތްނަމަ އެކަންވެސް މި ވެބްސައިޓުން ޙައްލުކޮށްދެއެވެ.

މީގެ އިތުރުންވެސް ޤުރްއާނާއި ބެހޭ ތަފާތު އެކްޓިވިޓީތައްވެސް ކިއު ފޯރ ޤުރްއާން ޑޮޓް ކޮމް ގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކު ދަސްކޮށްލަންވީ މިންވަރުވެސް ކިއު ފޯރ ޤުރްއާން ޑޮޓް ކޮމް އިން ފަސޭހަކަމާއިއެކު އެމީހަކަށް ބުނެދެއެވެ.

ޤުރްއާން ތަރުޖަމާވެސް ބަލާލެވެއެވެ. އަދި ކިޔަވާ ނިމުމުން ބުކްމާރކްވެސް ކޮށްލެވެއެވެ.

އަދި ހަމައެއާއިއެކު ކިޔަވަމުން ދިޔަވަރަކަށް އެމީހަކަށް ލިބެމުންދާ ކުރިއެރުންވެސް މި ވެބްސައިޓުން ބަލާލެވެއެވެ.

ކިއު ފޯރ ޤުރްއާން ޑޮޓް ކޮމް އަކީ ކޮމްޕިއުޓަރ ދޮށުގައި ގިނަވަގުތު ހޭދަކުރައްވާ ބޭފުޅުންނަށް ޤުރްއާން ކިޔެވުމަށް ބޭނުންކުރެވިދާނެ ވަރަށް ފަސޭހަ ވެބްސައިޓެކެވެ.

ވެބްސައިޓަށް ޒިޔާރަތްކުރެއްވުމަށް މިލިންކަށް ކްލިކް ކުރައްވާ

 

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

މިލިޔުންވެސް ކިޔާލާ

އަނގޮޓި

  މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ކުރު ވާހަކައެކެވެ. އޭނާއަކީ މިހާރު އަހަރެންގެ އެކުވެރިއެއް ނޫނެވެ. އެހެނަސް …

ޚިޔާލެއްދެއްވާ

avatar
wpDiscuz