އެޑްވާންސް ސައިން ލެންގުއޭޖް ޓްރޭނިންގގެ ދެވަނަ ޕްރޮގްރާމް ނިންމައިލައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރިއަށް ގެންދާ އެޑްވާންސް ސައިން ލެންގުއޭޖް ޓްރޭނިންގގެ ދެވަނަ ޕްރޮގްރާމް ނިންމައިލައިފިއެވެ. 11 ބައިވެރިންނާއެކު 1 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޓްރޭނިންގގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެކިއެކި ޚިދުމަތްތައް ހޯދުމުގައި ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށް އެހީތެރިވެދިނުމެވެ.

އެޕްރީލް މަހުގެ 3އިން 30ގެ ނިޔަލަށް ކުރިއަށް ދިޔަ މި ޓްރޭނިންގ ނިންމުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ އެންޑް ފެމިލީ ޑރ. މަރިޔަމް ޖަބީން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މުޢާމަލާތު ކުރުމަށް މަގުފަހިވެގެން ދިޔުމަކީ، އެ ފަރާތްތައް މުޖުތަމަޢުގެ އެކިއެކި ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ޝާމިލުކުރުމަށް ހޯދޭނެ މަގެއްކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވާ ފަރާތްތަކާއެކު ކުރެވެނު މަޝްވަރާތަކުން އެނގުނު ގޮތުގައި، މި ބަހަށް އަހުލުވެރިވެފައިވުމުގެ ސަބަބުން މަސައްކަތުގެ ހުނަރު ތަރައްޤީކުރުމާއި، އިޖުތިމާޢީ ގުޅުންތައް ވަރުގަދަ ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާކަމަށް ޑރ. ޖަބީން ވިދާޅުވިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އީވް ކްލިނިކް، މޯލްޑިވްސް ބްލަޑް ސަރވިސަސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވިކްޓިމް ސަޕޯޓް ޔުނިޓް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ހިމެނެއެވެ.

މި ދާއިރާއިން މިހާތަނަށް 270 އަށްވުރެ ގިނަ މީހުން މިނިސްޓްރީން ތަމްރީނުކޮށްފައިވާއިރު، އެޑްވާސް ސައިން ލެންގުއޭޖް ޓްރޭނިންގ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 34 މީހުން ބައިވެރިވެފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނާއެކު މިނިސްޓަރ ޒެނީޝާ ފިތުރު ޢީދު ފާހަގަކުރައްވައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ މަރުކަޒުތަކުގައި ބަލަހައްޓަމުން ގެންދާ ކުދިންނާއެކު މިނިސްޓަރ އޮފް ޖެންޑަރ އެންޑް …

ޚިޔާލެއްދެއްވާ

avatar