އެސޮރު އެއުޅެނީ އެކަހަލަ އެއްޗެއް ހަދާންތާއެވެ.

              

ކަރީމްބެގެ ރަޙުމަތްތެރި ޢަލީ މާލެގޮސްއުޅޭތާ ވަރަށްޒަމާންތަކެއްވެއްޖެއެވެ. ޢަލީއާ ދިމާވާ ކޮންމެފަހަރަކު ކަރީމްބެ އަހާލައެވެ.

ކަރީމްބެ: އެސޮރު މާލޭގައި ކުރަނީ ކިއެއްހެއްޔެވެ؟ ޢަލީދެނީ ހަމައެންމެ ޖަވާބެކެވެ.

ޢަލީ: އެސޮރު ކޯސްހަދަނީއެވެ. މިގޮތަށް ބައްދަލުވާ ކޮންމެފަހަރަކު ސުވާލުކުރަމުންގޮސް އޭގެ ދިހައަހަރުފަހުން ކަރީމްބެ ހަމައެއްކަލަ ސުވާލު ޢަލީޢާއި ދިމާވުމުން ތަކުރާރުކޮށްލިއެވެ.

ކަރީމްބެ: އެސޮރު މާލޭގައި ކުރަނީ ކިއެއްހެއްޔެވެ؟

ޢަލީ: ކަލެޔާބުނާކަށް އެސޮރަކީ ވާ ހިތްވަރުގަދަ ދަރިއެއް. ޢުމުރުން ވިހިއަހަރު ކިޔަވަން މާލެދިޔަގޮތަށް ހަމަ ކޯސްހަދަނީ. މިހާރު ބައްތިރީސް އަހަރުވީ. ހަދަނީ ހަމައެކޯސް. އެސޮރުބުނީ އެއީ އެކޯހުގެ އެކި ބައިބަޔޯ.

ކަރީމްބެ: ތިޔާހެންވިއްޔާ، އެސޮރު އެއުޅެނީ އެކަހަލައެއްޗެއް ހަދާންތާއެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ނަމާދެއް ނާޅާށެވެ.

ޚިޔާލެއްދެއްވާ

avatar
Anonymous
Anonymous

މއަކުން އަދި ވާނުވާ އެއް ނޭނގުނު. ދޭހަ ވުމުގެ ބައި ތަންކޮޅެއް ދެރައީ ތޯއްޗެ