އެލެކްޝަން ކޮމިޝަނުން ދޭ އެފަދަ އިންޒާރަކަށް ޖޭޕީ ނުސިހޭނެ – ޤާސިމް

ގާސިމް އިބްރާހިމް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ވީނިއުސް
ގާސިމް އިބްރާހިމް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ — ފޮޓޯ: ވީނިއުސް

އެލެކްޝަނުން ދޭ އެފަދަ އިންޒާރަކަށް ޖޭޕީ ނުސިހޭނެކަމަށް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެންވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޖުމްހޫރީ ޕާޓީއަށް ފޮނުވާފައިވާ ސިޓީއާއި ގުޅޭ ގޮތުންނެވެ. ގާސިމު އިބްރާހިމު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވި އަހްމަދު ސުލައިމާނަށް ޖުމްހޫރީ ޕާޓީގައި ތިއްބެވި ބޭފުޅުންގެ ފެންވަރު އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށާއި، އެގޮތަށް ދެވޭ އިންޒާރަކަށް ޖުމްހޫރީ ޕާޓީ ބޯނުލަނބާނެކަމަށެވެ.
ޖުމްހޫރީ ޕާޓީއާއި، އެމްޑީޕީ ގުޅިގެން ޤާނޫނު އަސާސީ ދިފާއުކުރުމަށްކަމަށް ބުނެ ހިންގަމުންދާ ހަރަކާތުގެ ތެރެއިން 2 ވަނަޖަލްސާ ރޭ މ.ކުނޫޒުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ގާނޫނުއަސާސީގެ ދިފާއުގައި ފަށާފައިވާ މަސައްކަތް ކިތަންމެ ބިރެއް ދެއްކި ނަމަވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެކަމަށެވެ. އަދި މިއަދު އަނިޔާވެރިކަމަށް މިގައުމުގައި ޖާގަ ނެތްކަމަށާއި، މިއަދު ޖާގަ އޮތީ ނިޔާއާއި އިންސާފަށް ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ގާސިމު އިބްރާހިމު ވިދާޅުވީ، ގާނޫނުއަސާސީގެ ދިފާއުގައި ފަށާފައިވާ މަސައްކަތަކީ ބަޔަކު ދައްކާ ބިރަކަށް ދޭ އިންޒާރަކަށް ފަހަތަށް ޖެހި ހުއްޓާލަން ފަށާފައިވާ މަސައްކަތެއް ނޫންކަމަށާއި، ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ ނިކުމެފައިވަނީ އަނިޔާވެރިކަމާއި ގާނޫނުއަސާސީއާއި ދެކޮޅަށް ކުރަމުންދާ ކަންކަން ހުއްޓުވުމަށް ކަމަށެވެ.
އަދި ވިދާޅުވީ، ދިވެހި ރައްޔިތުން މިއަދު ތިބީ ވަކި އާއިލާއެއްގެ ވެރިކަން ދިފާއުކޮށްދިނުމަށް ނޫން ކަމަށާއި، އާއިލީ ވެރިކަމެއް ދިވެހިން މިއަދު ބޭނުން ނުވާކަމަށެވެ.
މީގެ އިތުރުން ރައްޔިތުން މިއަދު ބޭނުންވަނީ ރައްޔިތުންގެ ހައްގުތަކަށް ބޯލަނބާ ގާނޫނީ އިމުގެ ތެރޭގައި ކަންކަން ކުރާ ރައްޔިތުންގެ ސަރުކާރެއް ގާއިމުކުރުމަށްކަމަށް ވެސް ގާސިމު އިބްރާހިމް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، ކިތަންމެ ހަރު އަޑުން ވަކި ގޮތަކަށް އަމަލުކުރާނެކަމަށް ބަޔަކު ބުނަމުން ދިޔަ ނަމަވެސް އެގޮތަށް ކަންކަން ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
އަދި ވިދާޅުވީ، ޖުމްހޫރީ ޕާޓީން ކުރާ ކޮންމެ ކަމެއް ކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިންކަމަށާއި، ދައްކާ ވާހަކަތައް ދައްކަނީ ވެސް ގާނޫނީ ހުދޫދުގެ ތެރެއިންކަމަށެވެ. ޖުމްހޫރީ ޕާޓީގެ މެމްބަރުންނަކީ ރައްޔިތުންގެ ޚާދިމުންކަމަށާއި، ރައްޔިތުންނަށް ގިލަންވެރިކަމެއްގެ ގޮތުގައި ދެކޭ ކޮންމެ ކަމެއް ހައްލުކުރުމަށް ޖުމްހޫރީ ޕާޓީން ފަސް ޖެހުމެއް ނެތި ނިކުންނާނެކަމަށް ވެސް ގާސިމު އިބްރާހިމު ވިދާޅުވި އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޖުމްހޫރީ ޕާޓީގެ ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލު ކޮށްފި

2017 ވަނައަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލު ކޮށްފި އެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz