އެދުވަހެކޭ މިދުވަހެކޭ މާބޮޑު ތަފާތެއްނެތް

ޒަމާނުންސުރެ ލަންދޫއަކީ ފުޓްބޯޅައަށް ޝަޢުޤުވެރިވާ ، ފުޓްބޯޅައަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅެމުން އަންނަ ރަށަކެވެ. ލަންދޫ އަކީ ރަށުގައި ދިރިއުޅޭ ރައްްޔިތުންގެ ތެރެއިން ތަފާތު ޓީމްތައް ހަދައިގެންނާއި އަވަށްތަކުގެ މެދުގައްޔާއި ޒުވާން ކުދިންނާއި ހަރުމީހުންނާއި ސަރުކާރު މުއައްޒަފުންނާއި އެހެނިހެން ޒުވާނުންނާއި ދެމެދު އެކުވެރިކަމުގެ ތަފާތު މެޗުތައް ތަފާތު މުނާޞަބާތަކުގައި ގުޅުވާލައިގެން ކުޅެމުން އަންނަ ރަށެކެވެ.

ލަންދޫގައި މިގޮތައް ރަށުފެންވަރުގައި ރަށުތެރެއިން ޓީމްތައް ނަގައިގެން މެޗްތައް އެންމެގިނަ އަދަދަކަށް ކުޅެވިފައިވަނީ 90 ގެ އަހަރުތަކުގައި ކަމުގައި ވީނަމަވެސް މިއަދުވެސް މަދުމަދުން ނަމަވެސް މިފަދަ މެޗްތައް ކުޅެވެމުންދާކަން ފާހަނގަ ކޮށްލެވެއެވެ.

ރަށުތެރެއިން ޓީމްތައް ނަގައިގެން ކުޅޭއިރު އެދުވަހުވެސް އަދި މިއަދުވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކަށް ވެފައިމިވަނީ ފުޓްބޯޅައިގެ ޑިސިޕްލިންގ ދަނޑުމަތީގައި ގިނަކުޅުންތެރިންނަށް ނުހިފެހެއްޓި ބައެއް ކުޅުންތެރިންނަށް އެކުޅުންތެރިންގެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުމެވެ. ރަށުގައި ކުޅެވޭ ރަށުގެ މެޗްތަކަށް ރަށުގެ ރެފްރީން ރެފްރީކަން ކުރުމަށް ދެކޮޅު ހަދާ މައިގަނޑު ސަބަބަކީވެސް މިއެވެ.

މިއީ މިއަދު އަޅުގަނޑުމެންގެ ޒުވާން ކުޅުންތެރިން ވަރަށްބޮޑަށް ވިސްނާ ފިކުރު ކުރަން ވެއްޖެކަމެކެވެ. ރަށުގެ ފުޓްބޯޅަ ކުރިއެރުވޭނީ ރަށުގެ ފެންވަރުގައި ރަށުގެ ރެފްރީން ލައިގެން ރަށުގައި ވާދަވެރި މެޗްތަކެއް ކުޅެވިގެންނެވެ.

އެދުވަހު އަޅުގަނޑުމެންގެ ތެރޭގައި ތިބި ބައެއް ކުޅުންތެރިންނަކީ މާ ހޭލުންތެރި ތަންދޮރު ދަންނަ ބަޔަކަށް ނުވިނަމަވެސް މިއަދުގެ ކުޅުންތެރިންނަކީ ހުރިހާ ގޮތަކުންވެސް ހޭލުންތެރި ތަންދޮރު ދަންނަ ކުޅުންތެރިން ތަކެކެވެ.

މިއަދުގެ ކުޅުންތެރިން އަމަލާއި ބަހުން މިކަން ސާބިތުކޮށްދީ ރަށުން ހޮވާލެވޭ ޓީމްތަކުގެ މެދުގައި ކުޅެވޭ މެޗްތަކުގެ އަދަދު އިތުރުކޮށް ހަރުދަނާ ކުރެވޭތޯ ބަލަންވެއްޖެއެވެ.

މިއަދުގެ ކުޅުންތެރިންނަކީ އިއްޔެގެ ކުޅުންތެރިންނެކޭ އެއްފަދަ ކުޅުންތެރިން ތަކަކަށް ވެއްޖެނަމަ ލަންދޫގެ ފުޓްބޯޅަ ދުވަހަކުވެސް ކުރިއަކަށް ނާރާނެއެވެ. މިއީ މިއަދުގެ ކުޅުންތެރިން ވަރަށް ބޮޑަށް ވިސްނާ ފިކުރު ހިންގަން ވެއްޖެކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ޕްރެކްޓިސް ދެ ވަނަ މެޗް މާފަރާއި ދެކޮޅަށް

ޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމު ލަންދޫގެ ޕްރެކްޓިސް 2 ވަނަ މެޗް މާފަރު ފުޓްބޯޅަ ޓީމާއި …

ޚިޔާލެއްދެއްވާ

avatar
މުޙައްމާ
މުޙައްމާ

މިއުޅޭ ނާއްޕެ އާއި ސަމައްޓޭ އާއި ލައިގެން ކުޅޭނަމަ އެދުވަހެކޭ މިދުވަހެކޭ ވާނީ ހަމަ އެއްވަރު އެދެމީހުން ފޭކުރައްވީ