އެމްޑީޕީ ޖަގަހައިގައިވެސް ޔޫރޯބެލުމުގެ އިންތިޒާމް ހަމަޖެހިފައި

ލަންދޫ އެމްޑީޕީ ގޮފީގެ ފަރާތުން ދާދިފަހުން ލަންދޫގައި ތައްޔާރުކުރި އެޕާރޓީގެ ޖަގަނހައިގައިވެސް މިފަހަރުގެ ޔޫރޯ ބެލުމުގެ އިންތިޒާމް ހަމަޖެހި ފައިވާކަމަށް ލަންދޫ އެމްޑީޕީގޮފިން ބުނެފިއެވެ. އެފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޔޫރޯގެ މެޗްތައް ވަގުތުން ބޮޑުސްކްރީނުގައި ބެލުމަށްޓަކައި އެތަނަށް ހާޒިރުވަމުން ގެންދެއެވެ.

އެމްޑީޕީ ޖަގަހައިގައި ޔޫރޯ ބެލުމުގެ އިންތިޒާމް ހަމަޖެއްސި އިރު ލަންދޫގެ ޒުވާނުންވަނީ ހުރިހާ ޒުވާނުން އެއްތާކުތިބެ ޖޯޝާއި ފޯރީގައި ޔޫރޯގެ މެޗްތައް ބެލުމަށްޓަކައި ރަށުގެ ބޮޑުމަގުގައި ސްކްރީން ހަރުކޮށް ޓެންޓެއް ހަދާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގިނައަދަދެއްގެ ޒުވާނުން ޔޫރޯގެ މެޗްތައް ވަގުތުން ބެލުމަށްޓަކައި މިތަނަސް ހާޒިރުވަމުން ގެންދެއެވެ. އަދި ހަމަ މިއާއިއެކު ގްރޫޕްތަކުން ބައެއްކަހަލަ މުނިފޫހިފިލުވުމުގެ އައިޓަމްތައްވެސް ހުށައަޅައި ދެމުން ގެންނެއެވެ.

މިފަހަކަށް އައިސް ލަންދޫ އެމްޑީޕީގޮފިން އަންނަނީ ރަށުގެ ރައްޔިތުންނަށް ފައިދާހުރި އެތައްއެތައް ކަންތައްތަކެއް ކުރަމުންނެވެ. މިގޮތުން މިހާރު ރަށުގައި އަލަށް ހަދަމުން ގެންދާ މަގުހެދުމުގެ މަސައްކަތުގައިވެސް އެމްޑީޕީއަށް ނިސްބަތްވެ ލައްވާ ގިނަ އަދަދެއްގެ މެމްބަރުން ފެނިގެން ދެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޔޫރޯގެ ދެވަނަ ތައްޓާއިއެކު ސްޕޭން ތާރީޙްގެ ތެރެއަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މަޝްޙޫރު އިޓަލީ އާއި ބައްދަލްކޮށް 4 ލަނޑު 0 ލަނޑުން މޮޅުވެ އިޓަލީ ލަނދު …

ޚިޔާލެއްދެއްވާ

avatar
wpDiscuz