އެމްޑީޕީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ގައުމީ މަޖިލީހަށް ހުށައެޅި މައްސަލަ ޖަލްސާގައި ކުރިއަށް ނުގެންގޮސް ބޭރުކޮށްލައިފި…

އެމްޑީޕީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ގައުމީ މަޖިލީހަށް ހުށައެޅީ މައްސަލަ އިއްޔެގެ ޖަލްސާގައި ކުރިއަށް ނުގެންގޮސް ބޭރުކޮށްލައިފިއެވެ.

އިއްޔެ ހަވީރު 00: 5 ގައި ދަރުބާރުގޭގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްދިނުމަށް އެދި އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ފޮނުއްވި ގަރާރުގައި ބުނެފައިވަނީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) އާއި ނާއިބު ރައީސް އަލްހާން ފަހުމީ އާއި ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު އަދި ޕާޓީގެ ފައިނޭންސް ސެކްރެޓަރީ އަހުމަދު މައުސޫމްގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނެގުމަށެވެ.

އިއްޔެ ހަވީރުއެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ  ޖަލްސާއަށް ބައެއް މީޑިއާތައް ވަނުމަ އެޕާޓީން ވަނީ ހުރަސް އަޅާފައެވެ. އެގޮތުން ގައުމީ މަޖިލީހުގެ ޖަލްސާ ފެއްޓުނު ވަގުތު ދިޓީވީ އާއި ދިއެފްއެމް ވަނުނުމުން އެ ދެމީޑީއާ ބޭރުކޮށްލުމަށް އެތަނަށް އެއްވެ ތިބި މީހުން ވަނީ ގޮވާފައެވެ.

އަދި އޭގެ ފަހުން ހުރިހާ މީޑިއާތައް ބޭރުކޮށްލުމަށްފަހު ޖަލްސާގެ ގިނަ ކަންތައްތައް ނިންމުމަށްފަހު މިޑީއާ ޖަލްސާއަށް ވެއްދީ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްގެންނެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމްގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން  ހުސްވެފައިވާ އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz