އެމްޑީޕީގެ ލީޑަރ ޝިޕަށް ކުއްލިބަދަލެއް…

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ޑރ. އިބްރާހިމް ދީދީ އާއި އަދި ނައިބް ރައީސް އަލްހާން ފަހުމީ އާއި މެދު އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އެދެބޭފުޅުން މަގާމުން ވަކިކޮށްފިއެވެ. މި ދެބޭފުޅުން މަގާމުން ވަކިކޮށްފައިވަނީ އެޕާޓީން މިއަދު ހަވީރު ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކް ރިޔާސަތު ބެލެހެއްޓި މިއަދުގެ ގައުމީ މަޖިލީހުގައި ނެގި މި ވޯޓުގެ ސަބަބުން އެޕާޓީގެ ރައީސާއި ނައިބް ރައީސް ގެ މަގާމު ވަނީ ހުސްވެފައެވެ.

މިއަދު ހަވީރު 4:00 ގައި ދަރުބާރުގޭގައި ފެށި އެމްޑީޕީގެ 104 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ އަމީންއާއްމު އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ހުށަހަޅުއްވައި ރައީސް އޮފީހުގެ ކުރީގެ އެގްޒެކެޓިވް ސާވިސަސް ސެކްރެޓަރީ މުހައްމަދު ޒިޔާދު (ޒިޔައްޓޭ) ތާއީދުކުރެއްވި މައްސަލަ ޑީޑީއާ ދެކޮޅަށް ނިންމީ 69 މެމްބަރުންގެ ވޯޓުންނެވެ. ޑީޑީއާ އެއްކޮޅަށް ވޯޓު ދިނީ އެންމެ މެމްބަރެކެވެ. ވަކި ކޮޅަކަށް ވޯޓު ނުދޭ ހަތަރު މެމްބަރަކު ތިއްބެވެ.

އެމްޑީޕީން ބުނެފައިވަނީ ޑީޑީ އާއި އަލްހާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ގައުމީ މަޖިލީހަށް ހުށަހަޅަނީ، އެ މަޖިލީހުން ފެބުރުއަރީ 8 ގައި ފާސްކޮށްފައިވާ ގަރާރަށް ހިލާފަށް، މެމްބަރުންނަށް ނުތަނަވަސްކަން ލިބޭ ގޮތަށް އަމަލުކުރައްވާތީ ކަމަށެވެ. އަދި ޕާޓީގެ މަސްލަހަތު ފުށުއަރާ ގޮތަށް ދެ ބޭފުޅުން އަމަލުކުރެއްވުމަކީ ވެސް އިތުބާރު އޮތްތޯ ބެލުމުގެ މައްސަލަ ހުށަހަޅާ ސަބަބެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމްގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން  ހުސްވެފައިވާ އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz