މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުން އެޕާޓީގެ ރައީސާއި، ނައިބު ރައީސްގެ އިތުރުން އެހެނިހެން ބައެއް ޕާޓީގެ އިސް ފަރާތްތަކުގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.
އެޕާޓީގެ މެމަބަރުންތަކެއް މިހެން ގޮވާ އަޑުގަދަ ކުރަމުން ދިޔައީ އިއްޔެ 5 ޖެހިއިރު ދަރުބާރުގޭގައި ބޭއްވި އެޕާޓީގެ ޤައުމީ މަޖިލިހުގެ ޖަލްސާގައެވެ. މިޖަލްސާގައި ޕާޓީގެ ރައީސް ޑރ.ޑީޑީއާ، ނައިބުރައީސް އަލްހާންގެ އިތުރުން ސެކެޓްރީ ޖެނެރަލް ޝާހު މަޤާމުން ވަކިކުރުމަށް އަޑުހަރުކޮށް ގޮވަމުން ދިޔައެވެ.
މިގޮތައް ބަޔަކު ގޮވާފައިވަނީ އެ ޕާތީ ތެރޭގައި ގިނަ މައްސަލަތަކެއް އުފެދިފައިވާކަމަށް އަޑުފެތުރިފައި ވަނިކޮށެވެ.
މީގެ އިތުރުން ދިޓީވީ އަދި ދިއެފްއެމްގެ ރިޕޯޓަރުން ޖަލްސާގެ ތެރެއަށް ވަނުމުން ޖަލްސާ ކުރަމުންދިޔަ ހޯލުން ނެރުމަށްފަހު ޖަލްސާގެ މެމްބަރުންގެ މެދުގައި މީޑިޔާ ވެއްދުމާ މެދު ވޯޓެއް ނެގުނެވެ. އެއަށްފަހު ވޯޓުން ފާސްވުމުން މީޑިޔާތައް އަނެއްކާވެސް ޖަލްސާއަށް ވެއްދިއެވެ.
މިޖަލްސާގެ ތެރެއިން ދިޓީވީގެ ދެރިޕޯޓަރުންގެ ގައިގަ އަތްލާ، ކެމެރާ ފުނޑުކޮށްލާނެ ކަމުގެ އިންޒާރު ދީފައިވާކަމަށް ރިޕޯޓަރުންބުނެއެވެ.
ޚިޔާލެއްދެއްވާ