އެމްޑީޕީގެ އެތޭރޭގެ އިންތިހާބަށް އިމްރާން ފާޑު ވިދާޅުވެއްޖެ.

ކުރީގެ ރައީސް ނަޝީދަށާއި، ނަޝީދުގެ އަރިސް ބޭފުޅުންގެ އަތްދަށަށް އެމްޑީޕީ ގެނައުމަށް ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބްގައި ވޯޓްލީ މީހުންގެ ޖުމްލަ އަދަދު އެގެން ނެތްއިރު، އިންތިހާބްގެ ނަތީޖާ އިއުލާން ކުރުމުގައި ހުރި ބޮޑެތި ފުށު އެރުންތަކުގެ ސަބަބުން އިންތިހާބްގެ ނަތީޖާ އޮޅުވާލިކަން ސާބިތުވާކަމަށް އަދާލަތް ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންގެ ތާއީދާއެކު އެޕާޓީގެ ރައީސްކަމާއި، ނައިބް ރައީސްކަމަށް އިންތިހާބްކޮށްފައިވާ ދެ ބޭފުޅުން އެމަގާމުތަކުން ދުރުކޮށް ޕާޓީގެ ވެރިކަން ގަދަބާރުން ހޯއްދެވުމަށް ކުރީގެ ރައީސް ނަޝީދާއި ނަޝީދުގެ ބައިވެރިން ކެޑިނޭޅި ހިންގެވި މަސައްކަތްތަކަށްފަހު، ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބަށް އަލިއަޅުއްވާލައްވަމުން އަދާލަތް ޕާޓީގެ ރައީސް އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވީ، މިހާތަނަށް އެޕާޓީން އިއުލާކުރި އެއްވެސް ނަތީޖާއަކުން ވޯޓްލީ މީހުންގެ ޖުމްލަ އަދަދެއް އަދި ވޯޓްގެ ސައްހަ އަދަދުތަކެއް ސާބިތުވާން ނެތްކަމީ މިވޯޓްގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ހާމަވާކަމެއްކަމަށެވެ.

އެމްޑީޕީގެ އިންތިހާބްގެ ނަތީޖާގައި ވެރިކަން ދޫކޮށްލެއްވި ނަޝީދަށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް ދިނުމަށް ލިބުނު ވޯޓާއި، ޕާޓީގެ ޗެއާރޕާސަން ކަމަށް ކުރިމަތިލެއްވި ރީކޯ މޫސާމަނިކަށް ލިބިވަޑައިގެންކަމަށް އެމްޑީޕީން ބުނާ ވޯޓްގެ ހިސާބްތަކުންވެސް މިވޯޓްގައި ބޮޑެތި ފުށުއެރުންތަކަކާއި އޮޅުވާލުންތަކެއް ހުރިކަން ހާމަވާކަމަށް އިމްރާން ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ޕާޓީގެ ރައީސް ކަމަށް އިންތިޚާބުކުރި ޑރ.އިބްރާހިމް ދީދީއާއި، ނައިބް ރައީސް އަލްހާން ފަހުމީގެ ވޯޓް އޮޅުވާލައި، ނަޝީދު ބޭނުންވި ބޭފުޅުން އެމަގާމްތަކަށް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވިކަމަށް އެމްޑީޕީގެ ކުރީގެ ސެކެޓްރީ ޖެނެރަލް ހަސަން ޝާހުވެސް ވަނީ ވިދާޅުވެފައެވެ. ޕާޓީގެ އުސޫލްތަކާއި ހަމަތަކުގެ މަތީން އިންތިހާބްގެ ނަތީޖާތަކާއި، ޕާޓީގެ ހަރަކާތްތައް ކުރީގެ ސެކަޓްރީ ޖެނެރަލް ހިންގަވަމުންދާތީ އެކަމާއި ހިތްޕުޅާނުވެގެން ނަޝީދާއި ނަޝީދުގެ ބައިވެރިން ވަނީ ސެކަޓްރީ ޖެނެރަލްކަމުން ޝާހް ވަކިކޮށްފައެވެ.

އިމްރާން ވިދާޅުވީ އެމްޑީޕީގެ އިންތިހާބްގެ ނަތީޖާއިންނާއި، އަދި ފާއިތުވީ ތަނުގައި ބޭއްވުނު އެޕާޓީގެ އިންތިހާބްތަކާއި، ހަރަކާތްތަކުން ޕާޓީގެ އިސްލީޑަރުކަމަށް ދައުވާކުރައްވާ ކުރީގެ ރައީސް ނަޝީދުގެ ހުދުމުހުތާރުކަން ހާމަވެފައިވާކަމަށެވެ. އަދި މިހަރަކާތްތަކުންނާއި، ފާއިތުވީ ތިންއަހަރުގައި ގައުމުގެ ވަލިއްޔުލް އަމްރުގެ ގޮތުގައި ހުންނަވައިގެން ނަޝީދު ހިންގެވި ގާނޫނާއި ހިލާފް އަމަލުތަކުގެ ސަބަބުން ނަޝީދުގެ ހުދުމުތާރުކަން ހާމަވެފައިވާކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ވެެރިކަމުގައި ހުންނަވައިގެން ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލުވާލައި، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތާއި ކަރާމާތް ނަގާލައި، އެގްޒެކެޓިވް ބާރަށް ބޭނުންހާ ގޮތަކަށް ބަދަލު ގެނެސް ހިންގެވި ނާތަހުޒީބީ އަމަލުތަކުގެ ސަބަނުން ނަޝީދުގެ ހުދުމުހުތާރުކަން ހާމަވެފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

މަސްދަރު: ދިޓީވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަދާލަތު ފައިސާއަށް ނުވިކޭނެ – ޝެއިޚް އިމްރާން

އަދާލަތު ޕާޓީގެ ސިޔާސަތު ފައިސާއަށް ނުވިނެކަމަށާއި، އެފަދަ ތުހުމަތުތައް އޭރުވެސް މިހާރުވެސް އަދާލަތު ޕާޓީގެ ބޮލުގައި އަޅުވަމުން އެދަނީ ރައްޔިތުންގެ …

ޚިޔާލެއްދެއްވާ

avatar