އެމްޑީޕީގެ ނައިބްރައީސްކަމުން އަލްހާން ފަހުމީ ވަކިކުރި މައްސަލަ ކޯޓަށް…

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއްގައި އެ ޕާޓީގެ ނައިބު ރައީސްކަމުން، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވަކިކުރި މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. މީޑީއާތަކަށް މައުލޫމާތު ދެއްވަމުން އަލްހާން ވިދާޅުވީ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއްގައި، އަސާސެއް ނެތް މައްސަލައެއް ހުށަހަޅައި، އެ މައްސަލަ އަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ވެސް ނުދީ ވަކިކުރި މައްސަލަ އޭނާގެ ވަކީލުންގެ ޓީމުން ދިރާސާކުރައްވަމުން އަންނަ ކަމަށެވެ.އަދި އެ މައްސަލަ މި ހަފުތާތެރޭގައި ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީގައި ކަނޑައަޅާފައި އޮންނަ އޮނިގަނޑާ ހިލާފަށް ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި އަލްޙާން މަގާމުން ވަކިކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން ކަމަށެވެ. އަދި އެއީ ޕާޓީން ހިންގާފައިވާ ބަޣާވާތެއް ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ. މަގާމުން ވަކިކުރުމުގައި ގާނޫނީ ގޮތުން ސުވާލުއުފެދޭ ކަންތައްތަކެއް ހިންގާފައިވާތީ ކަމަށް ވިދާޅުވެ އެ މައްސަލަ ޑީޑީ ވަނީ މިދިޔަ ހަފްތާގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފަވެ. އަދި މިމައްސަލަ ބަލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ. އެމްޑީޕީގެ ލީޑަޝިޕުން ޑީޑީ އާއި އަލްހާން ވަކިކޮށްފައި ވަނީ ޕާޓީގެ ނިންމުންތަކާ ހިލާފަށް އަމަލުތައް ބަހައްޓަވައި، ޕާޓީގެ މަސްލަހަތު ގެއްލޭގޮތަށް ކަންތައް ކުރައްވާފައިވާތީ ކަމަށް ބުނެ މިދިޔަ ހަފްތާގެ ހޯމް ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއިންނެވެ.

 

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

115 މިލިއަން ރުފިޔާ ނޮޅިވަރަމުގެ ތަރައްޤީއަށް މިސަރުކާރުން ޚަރަދު ކުރައްވާފައިވާނެ – ރައީސް

ނޮޅިވަރަމަކީ ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި ހިމެނޭ މުހިންމު ރަށެއްކަމަށާ، މިސަރުކާރުގެ ހަތަރު އަހަރާއި ބައިގެ މުއްދަތުގެތެރޭގައި 115 މިލިއަން ރުފިޔާ …

ޚިޔާލެއްދެއްވާ

avatar
މުޙައްމާ
މުޙައްމާ

އަލްހާންގެ އަގު މިވަނީ އަންނި ވައްޓާލައިފަ ، ދެން އެއްވެސް ބަޔަކު އަލްހާން ބަލައެއް ނުގަންނާނެ

ކަނޑޫދޫ އަލީ
ކަނޑޫދޫ އަލީ

މިސްޓަރ އަލްހާން މިހާރު ކޭ ތިއުޅެނީ ރަގަޅަކަށް ނޫން. ސައިޒަށް ތިރިވޭ..

މޯޑު
މޯޑު

އަލްހާންގެ މައްސަލަ ވެސް ޑީޑީގެ މައްސަލަ ވެސް އަންނިގެ މައްސަލަވެސް އަވަހަށް ވައްދަންވީ ކޯޓަށް… އަބަދު ކޯޓުގައި ތެޅިއަރުވާ………ވެރިކަމާހެދިގެން މަރުދެނީ… ހެހެހެ