އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއަކަށް ހަދާނެކަމަށް އަލްހާން ވިދާޅުވެއްޖެ

ކުރީގެ ރައީސް ނަޝީދުގެ ނުފޫޒުން އެމްޑީޕީ މިނިވަންކޮށް އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއަކަށް ހަދާނެކަމަށް އެޕާޓީގެ އިންތިހާބީ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ނަލަހިޔާ ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ އެމްޑީޕީއަކީ ވަކިބައެއްގެ ތަރިކަ މުދަލެއް ނޫންކަމަށާއި އެޕާޓީއަކީ ދިވެހި ރައްޔިތުންގެވެސް ހިއްސާވެގެން ސަރުކާރުން ޚަރަދުކުރާ ޕާޓީއެއްކަމަށެވެ. އެހެންކަމުން އެޕާޓީގެ ކަންކަން ވަކިގެއެއްގެ ތެރެއިން ނިމިގެން ގައުމީ މަޖިލީހަށް ހުށެހެޅުމަކީ ގޯހެއްކަމަށް އަލްހާން ވިދާޅުވިއެވެ. އަލްހާން ވިދާޅުވީ ކުރީގެ ރައީސް ނަޝީދު އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާފައިވަނީ ނަޝީދު ބޭނުންވާ ބަޔަކާއި އެމްޑީޕީގެ ލީޑަރޝިޕް ހަވާލުކުރަންކަމަށެވެ.

ނަމަވެސް އެގޮތަށް ކަންހިގައި ނުދިއުމުން ޕާޓީގެ ގައުމީ މަޖިލީހަށް ނުފޫޒް ފޯރުވައިގެން ޕާޓީގެ ލީޑަރޝިޕްގެ އިތުބާރުނެތްކަމަށް ފާސްކުރުމަކީ ކުރީގެ ރައީސް ނަޝީދުގެ ޚުދުމުޚުތާރުކަމުގެ ބޮޑުކަން ހާމަވެގެން ދިޔަ ކަމެއް ކަމަށް އަލްހާން ވިދާޅުވިއެވެ. އަދި މިހާރު އެމްޑީޕީގެ ލީޑަރޝިޕްގައި އިންތިހާބީ އެއްވެސް މީހަކު ނެތުމުން އެޕާޓީއަކީ މިސްރާބެއް ނެތި އެއިރެއްގައި ނަޝީދު ބޭނުންވާ ގޮތަކަށް ދުއްވާ އޮޑިއަކަށްވެފައިވާކަމަށް އަލްހާން ވިދާޅުވިއެވެ.

އަމިއްލައަށް ވެރިކަން ދޫކޮށްލެވި ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަލްހާން ވިދާޅުވީ ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް އިންތިހާބްކޮށްގެން ދެން މިގައުމުގައި އެމްޑީޕީއަކަށް ޖާގައެއް ނެތްކަމަށެވެ. އަދި ނަޝީދު އެކިއެކި ހަފްލާތަކުގައި އެކިގޮތްގޮތަށް ވާހަކަތައް ދައްކަވަމުންދާތީ ޕާޓީގެތެރޭގައި ބައިބަވުންތައް އުފެދިގެންދާ ވާހަކައަކީ މީގެކުރިން ސިއްރުކުރެވިފައިވާ ވާހަކަތަކެއް ކަމަށް އަލްހާން ވިދާޅުވިއެވެ. އަލްހާން ވިދާޅުވީ ދެހާސް އަށްވަނަ އަހަރު ރައީސް ނަޝީދުވެރިކަމަށް ގެނައީ އެތަކެއް ބައެއްގެ ބުރަ މަސައްކަތުން ކަމަށްވާއިރު މިއަދު އެމީހުން ދުޝްމަނުންނަށް ހަދައިގެން މިގައުމުގައި ނަޝީދަށް ވެރިކަން ނުކުރެވޭނެކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރާއްޖެޓީވީގައި އަލްހާން ދެއްކެވި ވާހަކަފުޅު ކުށްވެރިކޮށް ޖޭޕީން ބަޔާނެއް ނެރެފި.

އިބްރާހިމް ނާސިރު އިންޓަރނޭޝަަނަލް އެއަރޕޯޓާއި ބެހޭގޮތުން މިއަދު ރާއްޖެޓީވީގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޕާލަމެންޓްރީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz