އެމްޑީއޭ ލަންދޫގޮފިން ލަންދޫ ފުޓްބޯޅަޓީމަށް އެއްވެސް ލިމިޓެއް ނެތި ފައިސާގެ އެހީވަނީ.

މިއޮތީ ބްލޭންކް ޗެކެއް ބޭނުންވަރަކަށް ޖަހާ ، ފައިސާ ނަގާ – އެމްޑީއޭ

ނ.ލަންދޫ ފުޓްބޯޅަ ޓީމަށް އެއްވެސް ލިމިޓެއްނެތި އެމްޑީއޭއިން ފައިސާގެ އެހީވެދީފިއެވެ. އެމްޑިއޭއިން ބުނީ ފައިސާގެ އެހީ މިފަހަރު ވެދޭނީ އެއްވެސް ލިމިޓެއް ނެތި ކަމަށާއި، ބޭނުންވަރަކަށް ޚަރަދު ކުރުމަށް އަންލިމިޓެޑް އޯޕަންބަޖެޓެއް ލަންދޫ ފުޓްބޯޅަ ޓީމަށް އަބަދުވެސް އޮންނާނެކަމަށެވެ.

އެމްޑީއޭ ލަންދޫގޮފީގެ ފަރާތުން އެގޮފީގެ ރައީސް ލަންދޫޓީމަށް ބްލޭންކް ޗެކެއް ޙަވާލުކުރަނީ / ފޮޓޯ: ޔޫއްޓޭ
އެމްޑީއޭ ލަންދޫގޮފީގެ ފަރާތުން އެގޮފީގެ ރައީސް ލަންދޫޓީމަށް ބްލޭންކް ޗެކެއް ޙަވާލުކުރަނީ / ފޮޓޯ: ޔޫއްޓޭ

ޝިޔާމް މަޢުރޫފް ސޮކަރކަޕް ގައި ލަންދޫ ޒުވާނުންގެ ފުޓްބޯޅަ ޓީމް ބައިވެރިވެފައިވާތީ އެޓީމަށް އެހީވުމުގެ ގޮތުން ލަންދޫ އެމްޑީއޭ ގޮފިން މި ދިން ފުރުޞަތަކީ ދުވަހަކުވެސް މީހަކު ނުދޭވަރުގެ ފަހި ފުރުޞަތެކެވެ. މިފުރުޞަތު ދެއްވަމުން ލަންދު އެމްޑީއޭ ގޮފީގެ ރައީސް އަލްފާޟިލް އަޙްމަދު މުޙައްމަދު ވިދާޅުވީ އެމްޑީއޭއިން ލަންދޫ ޓީމް މިފަހަރު ސަލާންޖަހަން މަގުމައްޗަށް ނުނެރޭނެކަމަށާއި، ފައިސާ ހޯދަން އެއްވެސް މީހަކު ކައިރިއަށް ދާންނުޖެހޭނެކަމަށެވެ. އަދި ފައިސާގެ އެހީ ވާނީ އެމްޑީއޭއިން ކަމަށާއި އެ އެހީ މިވަނީ ވަކި ކަމަކަށް ޝަރުތު ކޮށްފައި ނޫންކަމަށެވެ.

މިއަދު ލަންދޫ ޒުވާނުންނާ ބައްދަލުކޮށް އެމްޑީއޭ ލަންދޫ ގޮފީގެ ރައީސް އަޙްމަދު މުޙައްމަދު ( އިރުކައްޕި ) ވަނީ ބްލޭންކް ޗެކެއް ދެއްވާފައެވެ. މިޗެކާ ޓީމްގެ ފަރާތުން ޙަވާލުވީ ޓީމްގެ ކެޕްޓަން ޙުސެން ޖަވާދު ( ކެޕްޓަން ޖަވާ ) އެވެ.

ލަންދޫ ފުޓްބޯޅަ ޓީމްގެ ފަރާތުން މި ޗެކާ ޙަވާލުވުމަށްފަހު އެމްޑީއޭއަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި މި ވީހާ ތަނަށް އެއްވެސް ފަރާތަކުން މިފަދަ ބޮޑު އެހީއެއް ފުޓްބޯޅަޓީމަށް ވެފައި ނުވާކަމަށާއި، މިއީ ޤަބޫލުކުރަންވެސް ދަތި އެހެނަސް ޙަޤީޤަތެއްކަމަށް ޓީމުން ވަނީ ބުނެފައެވެ.

ލަންދޫ އެމްޑީއޭ އިން ދަނީ ފައިސާގެ އެހީގެ އިތުރަށް ފުޓްބޯޅަޓީމަށް އެކިއެކި ގޮތްގޮތުން އެހީތައް ވެދެމުންނެވެ. އެގޮތުން ދަތުރުފަތުރު ކުރުމުގެ ޚަރަދާއި، ޓީމަށް ބޭނުންވާ ބޯޅަ ، ޖަރޒީ އަދިވެސް މިފަދަ ތަކެތި އެމްޑީއޭއިން ދަނީ ހޯދައިދެމުންނެވެ.

ޝިޔާމް މަޢުރޫފް ކަޕަށް ޚާއްޞަކޮށްގެން ޚާއްޞަ އެހީތަކެއް ވެދޭނެކަމަށް އަބަދުވެސް އެމްޑީއޭ ލަންދޫގޮފިން ދަނީ ބުނަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކުޑަފަރީ އަތުން ބަދަލުހިފައި ހޮޅުދޫ ޗެމްޕިއަންކަން ހޯދައިފި

ކުޑަފަރީގައި ކުރިއަށްދިޔަ ނ.އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް- މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް …

ޚިޔާލެއްދެއްވާ

avatar
wpDiscuz