އެމްޑީއޭގެ އަމާޒަކީ ރާއްޖެއަށް ތަރައްޤީ ގެނައުން – ޝިޔާމް

shiyammada
އެމްޑީއޭގެ މަގުސަދަކީ ރާއްޖެއަށް ތަރައްގީ ގެނައުން ކަމަށާއި، އެމްޑީއޭ އަކީ ރައްޔިތުންގެ ލާބައާއި މަންފާ ހޯދައިދިނުމަށްޓަކައި އުފައްދާފައިވާ ޕާޓީއެއްކަމަށް އެމްޑީއޭގެ ލީޑަރ އަޙްމަދު ޝިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ އެޕާޓީގެ ކޮންގްރެސް ފެށުމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން ޝިޔާމް ވިދާޅުވީ އިދިކޮޅު ބައެއް ޕާޓީތަކުން ގާނޫނު އަސާސީ ހިމާޔަތް ކުރަން ތެދުވެ ތިބި ކަމަށާއި، އެހެން ބުނާ މީހުން ތިބީ ޗާޓުން ބޭރުވެފައި ކަމަށެވެ.
“”ބަޔަކު މީހުން ގާނޫނު އަސާސީ ހިމާޔް ކުރަން ތިމަންނާމެން މިތިބީ ތެދުވޭ ބުންޏަސް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން. އެ މީހުންނަކީ ގާނޫނު އަސާސީގެ ތެރެއިން ބޭރަށް ގޮސް ޗާޓުން ބޭރުވެފައި ތިބި މީހުން. އެ މީހުންނަކަށް އިތުރަކަށް ގާނޫނު އަސާސީއެއް ދެނެއް ރަނގަޅެއް ނުކުރެވޭނެ،” ސިޔާމް ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ މިއަދުގެ ސަރުކާރުން ރާއްޖެއަށް ތަރައްގީ ގެންނަމުންދާ ކަމަށެވެ. އަދި ރައީސް ޔާމީން ރާއްޖެ އަށް ގެންނަމުންދާ ވަރުގެ އިންވެސްޓްމެންޓުތަކެއް ދުވަހަކުވެސް އެހެން ވެރިޔަކަށް ރާއްޖެއަށް ނުގެނެވޭނެ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީއޭގެ ދާއިމީ ޖަގަހައެއް ލަންދޫގައި ހަދަނީ.

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ( އެމްޑީއޭ ) ގެ ދާއިމީ ޖަގަހައެއް ނ.ލަންދޫގައި ހެދުމުގެ އަމަލީ މަސައްކަތް އިއްޔެ އެޕާޓީގެ …

ޚިޔާލެއްދެއްވާ

avatar