އެމެންބަރުން މިއަދު ރައްޔިތުންގެ ވިންދާ އިޙްސާސް ހަނދުމަފުޅު އެބަހުރިބާ؟

 ކޮންމެ ގައުމެއްގެވެސް އެންމެ ގަދަރުވެރިއެއްތަނަކީ އެގައުމެއްގެ ގާނޫނު ހަދާމަޖިލިސްކަމީ ކޮންމެ މީހަކުވެސް ދެބަސްނުވާނެ ހަގީގަތަތެކެވެ.އަދި ކޮންމެ ގައުމެއްގެ ގާނޫނުހަދާ މަޖިލީހުގެ ކޮންމެ މެންބަރަކީވެސް ވަކިއުސޫލުތަކަކަށް ތަބާވާ ވަކި ހަމަތަކެއް ގަބޫލުކޮއްގެން ވަކި “ތަސޮއްވަރަކަށް” މަސަތްކަތް ކުރާނެބަޔެއްކަމަށް އެގައުމެއްގެ އެންމެ ރައްޔިތުންވެސް ހެކިވާނެކަން ކަށަވަރު.އެގޮތުުގެ މަތިންބަލާއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތަސޮއްވަރަކަށް “ރައްޔިތުންގެ މަޖިލީހުގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން” އޮވެފަ، މިޝަންއަކަށް “ރައްޔިތުންގެ މަޖިލީހުގެ ދައުރާއި މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ ނިޒާމުތައް ޤާއިމްކޮށް، ރާއްޖެއަށް އެވަގުތަކު އެންމެ އެކަށީގެންވާ ގޮތެއްގައި މަޖިލީހުގެ ދައުރު ކުރިއަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް” ކޮންމެ މަޖިލީހުގެ މެންބަރެއްގެ އަރިހުގައި ދިވެހިރައްޔިތުން އެދިފައިވާއިރު މިއަދު އެންމެހާދިވެހިން އެމެންބަރުންގެ އަރިހުގައި އެދިފައިވާ އެދުން ފުރިހަމަކޮއްދެނީ ކިތައްމެންބަރުންބާއޭ މީ ހިތާހިތާކޮއްލުން ރަނގަޅު ސުވާލެއްކަން ކަށަވަރެވެ.

ކުރިންދެންނެވުނު ހަމަތަކާ އެބޭފުޅުން އަމިއްލަފުޅަށް އެކަށައަޅުއްވާފައިވާ މިޝަންތަކަށާއި،ތަސޮއްވަރަށް ހިތުހުރިގޮތެއްހަދާ ތިމާމެންނަށް އަމިއްލަފައިދާއެއް ލިބޭގޮތަކަށްނޫން އިތުރުގޮތަކަށް މަސަތްކަތްކުރައްވާ ކިތައްމަޖިލިސް މެންބަރުން އެބަތިބިތޯއެވެ.ރައްޔިތުންގެ މާލިއްޔަތުން އެތައްބައިވަރު ފައިސާއެއް ހަރަދުކޮއްފަ މަޖިލީހުގެ ކޮންމެ މެންބަރެއްގެ މުސާރައަށް 62000 ރުފިޔާ ދިނުމުން އެވަރުވެސް ކުޑަކަމަށްނިންމާ ގައުމު އިގްތިސަދީ ފުންއަނދަވަޅެއްގައިވަނިކޮން  މެންބަރުން ރައްިތުންގެ އަރިހުން ހޭވެސްއަހާނުލާ ކޮމެޓީއެލަވަންސުގެ ނަމުގައި އިތުރަށް 20000 ނަގާފައިވަނީ ކޮމެޓީތަކުގެ މަސަތްކަތް ކިހާވަރަކަށް ކުރިއަށްގެންދެވިގެންބާއޭ މީ މަޖިލީހުގެ ކޮންމެ މެންބަރެއްވެސް ރައްޔިތުންނާމެދު ވިސްނާހިތަކުން އަމިއްލަނަފްސާ ކޮއްލުންރަނގަޅު ސުވާލެއްކަން ކޮއްމެ ރައްޔިތަކުވެސް ހެކިވާނެކަން ކަށަވަރެވެ.

މިގައުމުގެ އެވްރެޖް ރައްޔިތަކަށް އެއްއަހަރުދުވަހުން ކިރިޔަކިރިޔާލިބޭވަރުގެ ބޮޑުއަދަދެއް މަޖިލީހުގެ ކޮންމެ މެންބަރެއްގެ މުސާރައަށް ކޮންމެ މަހަކު ދީ އެވަރުންނުވެގެން ކޮންމެ މަޖިލީސް މެންބަރެއްގެ  އެވްރެޖް މަސަތްކަތު ދުވަހަކަށް ހަފްތާއަކު ތިންދުވަސް ހަދާފައިވާއިރުވެސް ނިމިގެންދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2012ވަނަ އަހަރު ފުރަތަމަ ދައުރުގަ މެންބަރުންގެ ޙާޒިރީއަށްބަލާއިރު 77 މެންބަރުންތެރެއިން އެންމެ 15 މެންބަރުނޫން އިތުރު އެއްވެސް މެންބަރަކު ހުރިހާ ޖަލްސާއަށް ޙާސިރުވެފައެއްނުވެއެވެ.މެންބަރުން މަޖިލީހަށް ހާޒިރުވުމުގެ މަޖިލީހުގެ ހާޒިރީ މިހާބޮޑަށް ހަރާބުވެފައިވީނަމަވެސް އެންމެފަހުން ޗުއްޓީހޭދަކޮއްލަން ގިނަ މެނަބަރުން  ދުނިޔޭގެ އެތައްމިތަނަށް މުޅިއާއިލާ އާއިއެކުގޮސް އައިސް ނިކަމެތި ރައްޔިތުމީހާ އަންނަރޯދައަށް ބޭނުންވާތަކެތި ހޯދުމަށް އިންތިހާބުރަކޮން މަސަތްކަތް ކުރަމުންދަނިކޮން މަޖިލީހުގެ ކޮންމެ މެންބަރަކުވެސް ޗުއޓީހޭދަކޮއްލާފައިއައިސް ރައްޔިތުންނަށްބަލާލުމެއްނެތި މުސާރައޮތްތާއޮއްވާ ކޮމެޓީއެލަވަންސުނަގަން ނިންމި ނިންމުމަކީ ގައުމަށާ ރައްޔިތުންނާމެދު ކޮންނަޒަރަކުން ވިސްނާމަޖިލީހުގެ މެންބަރުކަން މިއަދު މިވަނީ ހާމަވެފައިކަަމަށް ކޮންމެރައްޔިތަކުވެސް މިއަދު ގަބޫލުކުރާނެއެވެ.

ގިނަމެންބަރުންގެ މަޖިލީހުގެ ހަޒިރީ އިންތިހާއަށް ހަރާބުވެފައިވާއިރުވެސް އޭގެތެރޭގައި ހިމެނޭ މެންބަރުން މަޖިލީހަސް ހާޒިރުވާ މަދުދުވަސްތަކުގައިވެސް ބަލަނީ ނިޒާމީ އޮއިވަރާ އެކިޒާތްޒާތުގެ ލަވަތަށްކިޔުމާ މަޖިލީހުގެ ތަކެއްޗަށް ގެއްލުންދިނުމާ އެހެނިހެންވެސް ގޮތްގޮތުން ޕާޓީގެ ލިޑަރާ އަދި ނިސްބަތްވާސިޔާސީ ޕާޓީ ޕޮރޮމޯޓު ކުރެވޭތޯކަން މަޖިލީސްބަލަމުންދާ ރައްޔިތުންނަށް އެނގިހާމަވާނެކަން ކަށަވަރެވެ. ކަންމިހެންއޮތްނަމަވެސް މިކަންތައް މިފަދައިން އޮއްވާ  ރައްޔިތުންނަށް ހިލޭބޭސްފަރުވަކުރުމުގެ ނިޒާމަށް ރައްޔިތުންގެ ނުރުހުމުގައި ބަދަލުތަށްގެނައުމަށް މަސަތްކަތް ކުރާއިރު އެކަމާދެކޮޅަށް ރައްޔިތުން ނިކުމެ އަޑުއުފުލުމުން ގައުމުގެ އިގުތިސާދާ އަޅުވާފަ ދޫކޮއްލާއިރު އެކަށީގެންނުވާވަރުގެ މުސާރައާއި  އަދި އެހާމެބޮޑުކޮއްނަގަމުންދާ ކޮމެޓީއެލަވަންސު ނަގާގަޑިޖެހޭއިރަށް ދައުލަތަށް ދިމާވެފައިވާ މާލިންގޮންޖެހުންމަޖިލީހުގެ މެންބަރުންގެ ހަނދާނުންފިލާދާމައްސަލައަކީ ބޮޑުމައްސަލައައެއްކަމަށް ގަބޫލުކުރާރައްޔިތުން މިއަދު ތިބޭނެކަނަ ޔަގީނެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz