އެއްފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލެވޭ ޕްލާސްޓިކް ފެންފުޅި ދިރާގުން ބޭނުން ކުރުން ހުއްޓާލައިފި.

އެއްފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލެވޭ ޕްލާސްޓިކް ފެންފުޅި ދިރާގުން މުވައްޒަފުން ބޭނުން ކުރުން މުޅިން ހުއްޓާލައިފިއެވެ. މިއީ 16 އޮކްޓޯބަރ 2016 ވީ އާދިއްތަ ދުވަހު ދިރާގުން ލޯންޗް ކުރި “ފޯ ދަ އޯޝަންސް” ކެމްޕެއިންގެ ދަށުން ކުރަން ރާވާފައިވާ ޙާއްޞަ ކަންތައްތަކުގެ ތެރެއިން އެއް ކަމެވެ. “ފޯ ދަ އޯޝަންސް” ކެމްޕެއިނަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށްޓަކައި ދިރާގުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ އެއް ދާއިރާއެވެ. އެ ގޮތުގެ މަތިން، ތިމާވެށި ހިމާޔަތް ކޮށް އެއްފަހަރު ބޭނުން ކޮށްފައި އެއްލާލެވޭ ޕްލާސްޓިކް ފުޅި ނައްތާލުމުގެ ބޭނުމުގައި، މިއަދު ދިރާގު ހެޑްއޮފީހުގެ 7 (ހަތެއް) ފަންގިފިލާގައި މުވައްޒަފުން ބޭނުންކުރުމަށް ފެން ކޫލަރުވަނީ ބެހެއްޓިފައެވެ. އަދި ގިނަ ފަހަރު ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ހާއްސަ ފެންފުޅިއެއް ކޮންމެ ދިރާގު މުއައްޒަފަކަށްވެސް ވަނީ ހަދިޔާ ކޮށްފައިއެވެ. ދިރާގުގެ ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ ތަފާތު 9 (ނުވައެއް) ސަރަހައްދުގައި ޤާއިމު ކުރެވިފައިވާ ދިރާގު ރީޖަނަލް އޮޕަރޭޝަން ސެންޓަރު ތަކުގައި ވެސް ފެން ކޫލުރު ބަހައްޓާ، 630 އަށްވުރެން ގިނަ މުއައްޒަފުންނަށް ގިނަ ދުވަހު ގެންގުޅެވޭ ކަހަލަ ފެން ފުޅި ވަނީ ހަދިޔާ ކޮށްފައިއެވެ.

މި ކެންޕެއިން އެންމެ ފުރިހަމަ ކަމާއި އެކު ކުރިއަށް ގެންދިޔުމަށްޓަކައި ދިރާގުގެ ކޮންމެ ޑިޕާޓްމެންޓަކުން “ގްރީން ޗެމްޕިއަން” ގެ ނަމުން ނަންދެވިގެން މުއައްޒަފުން މެދުގައި އެމްބެސަޑަރެއް އައްޔަން ކުރެވިގެންދިޔައެވެ. ގްރީން ޗެމްޕިއަނުންގެ ބޭނުމަކީ، އެ ގްރީން ޗެމްޕިއަނެއް ނިސްބަތްވާ ޑިޕާޓްމެންޓެއްގެ ހުރިހާ މުއައްޒަފުންނަށް ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމުކަން އަންގައިދީ މި ކެމްޕެއިނުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަންތައް އެންމެ ފުރިހަމަ އަށް ފޯރުކޮށްދިނުމެވެ. އަދި މި އެމްބެސެޑަރުން ސާބިތުކަމާއި އެކު “ފޯ ދަ އޯޝަންސް”  ކެމްޕެއިންގެ ތަފާތު މަޝްރޫއުތައް ފުރިހަމަކަމާއިއެކު އެ ޑިޕާޓްމެންޓެއްގެ މުއައްޒަފުންގެ މެދުގައި ކުރިއަށް ގެންދާނެއެވެ.

އަދި މުއައްޒަފުންގެ ގޭގައި ބޭނުން ކުރެވޭ ތަފާތު ޕްލާސްޓިކް ރީސައިކަލް ކުރުމަށް ދިރާގު ހެޑް އޮފީހުގައި ޑްރޮޕް އޮފް ޕޮއިންޓެއް ވަނީ ގާއިމް ކުރެވިފައިއެވެ. މި ހުރިހާ ޕްލާސްޓީކް އެކްސްޕޯޓު ކުރުމަށް ހަމަޖެހިފައިވަނީ ޕާލޭ އާއި ގުޅިގެންނެވެ.

ދިރާގުގެ މުއައްޒަފުންނަށް މިއަދު މި ހަދިޔާ ކުރި ފުޅި ތަކަކީ ގިނަ ދުވަހު ބޭނުން ކުރެވޭނެ ކަހަލަ ފުޅި ތަކެކެވެ. މި ފުޅި ތައް މުއައްޒަފުންނަށް ދިނުމުގެ ބޭނުމަކީ އެއްފަހަރު ބުއިމުމަށް ފަހު އުކާލެވޭ ފުޅި ތަކުގެ ބޭނުން ކުރުން ހުއްޓުވުމުގެ އިތުރުން މި ރަނގަޅު އާދަ މުއައްޒަފުންގެ ގައިގައި އަށަގަންނެވުމުގެ ބޭނުމުގައިއެވެ.

ދިރާގުން ޕްލާސްޓިކް ފުޅި ތައް ނައްތާލުމަށް މި ފެށުނު ކެމްޕެއިންގެ ދަށުން ދިރާގުގައި އެއްފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލެވޭ ފުޅި ތަކުގެ އަދަދު 99%  އަށް ކުޑަ ކުރެވިގެން ދާނޭ ކަމަށް ލަފާ ކުރެވެއެވެ.

“ފޯ ދަ އޯޝަންސް”އަކީ ޕާލޭ އިން ހިންގާ ބައިނަލްއަޤްވާމީ ހަރަކާތެކެވެ. ރާއްޖޭގައި ޕާލޭ ގެ ފަރާތުން ހަމަޖައްސާފައިވާ އެސޯސިއޭޓަކީ އެން.ޖީ.އޯ ބީމް އެވެ. މިއަދު މި މި ބޭއްވުނު ހަފްލާގައި އެން.ޖީ.އޯ ބީމް ގެ ފަރާތުން ޝާހީނާ ވިދާޅުވީ “ދިރާގުން ތިމާވެށި ހިމާޔަތް ކުރަން މި ފަދަ ހަރާކާތްތަށް ކުރިއަށްގެންގޮސް ބީމާއި ގުޅިގެން ފޮދައޯޝަސްނަސް ފަދަ ކެމްޕޭނެއް ކުރިއަށް ގެންދާކަމީ ވަރަށް އުފާކުރާ ކަމެއް. އަދި މިއަދު ދިރާގުން މި ޕްލެޖް ކުރި ކަންތައްތައް ފުރިހަމަ ކަމާ އެކު ކުރާނޭ ކަމުގެ އުންމީދުކުރަން” އަދި ހަމަ އެއާ އެކު ދިރާގުގެ ފަރާތުން މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގު ޕަބްލިކް ރިލޭޝަންސް މެނޭޖަރ، އިމްޖާދް ޖަލީލް ވިދާޅުވީ “ދިރާގުގެ އަމާޒަކީ ދިރާގުގެ މުއައްޒަފުންގެ ތެރޭގައި ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމުކަން އަންގައިދީ ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ އެކި ކަންތައްތައް އެންމެ ފުރަތަމަ މުއައްޒަފުން ގައިގައި އަށަގެންނެވުމެވެ.”

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ދިރާގުން ވިއްކަންފަށައިފި.

ސްމާޓްފޯންގެ ބާޒާރުގައި ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ސެމްސަންގ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތައް ކަމުގައިވާ ސެމްސަންގް ގެލެކްސީ އެސް 9 …

ޚިޔާލެއްދެއްވާ

avatar
wpDiscuz