އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ނެތި ޑިމޮކްރަސީއެއް ގާއިމް ނުކުރެވޭނެ- ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްހަމަދު ވަހީދު

އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ނެތި ޑިމޮކްރަސީއެއް ގާއިމް ނުކުރެވޭނެކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްހަމަދު ވަހީދު ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހިންގަވާ މަދަނީ ތަޢްލީމުގެ ޤައުމީ ކެމްޕޭން އިފްތިތާޙް ކުރެއްވުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ މިއަދުގެ ގައުމުގެ އިސް ސަފުގައި ތިއްބެވި ފަރާތްތަކުން ޅަ ދަރިންނަށް ދައްކަމުންދަނީ ޑިމޮކްރަސީއާއި ވަރަށް ތަފާތު މަންޒަރުތަކެއްކަމަށެވެ.

ރައީސް ވިދާޅުވީ ޑިމޮކްރަސީގެ އަސާސްތައް މަޑުމަޑުން ނަމަވެސް މުގުރެމުން ގޮސް މިއަދު އަޅުގަނޑުމެންނާ ހަމައަށް އައިއިރު ޑިމޮކްރަސީގެ އެންމެ މުހިންމު އުސޫލުތައް މިވަނީ އޮޅިފައި ކަމަށެވެ. އަދި  ދެހާސް އަށްވަނަ އަހަރު ގިނަ ޕާޓީ އެކުލެވޭ އިންތިހާބެއް ބޭއްވުމުން ރައްޖެއަށް ޑިމޮކްރަސީ އައިސްފައިވާކަމަށް ގިނަ ބަޔަކު ގަބޫކް ކުރިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. ވަހީދު ވިދާޅުވީ މިއަދު ރާއްޖެއަށް ފަސާދައާއި އަނިޔާވެރިވުން އާންމުވެ އެކަންކަން ކުރާ މީހުންގެ އަޑީގަ ތިބި ގިނަ މީހުންނަކީ ރާއްޖޭގެ ރައުސްމާލުން އިންސާފެއް ނެތި މާއްދީ ފައިދާތައް ލިބޭނެކަމުގެ އުއްމީދުގައި ތިބި މީހުންކަމަށެވެ.

އަދި މިކަން ރަގަޅުކުރުމަށްޓަކައި އޮތީ ހައްގުތައް އެއްބަޔަކު އަނެއް ބަޔަކަށް ލިބިދިނުމުގައި ވީހާވެސް އިންސާފް ވެރިވުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގާނޫނާއި ގަވާއިދާއި ހިލާފްވާ މީހުންނަށް ފިޔަވަޅު އެޅެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه …

ޚިޔާލެއްދެއްވާ

avatar
އަހުމަދު
އަހުމަދު

އިހްތިރާމް ކުރާނީ އިހްތިރާމް ކުރަންދަންނަ މީހުނަށް ތިޔަކަހަލަ ބޮޑު ބާގީއަކައް އިހްތިރާމެއް މީހަކު ނުކުރާނެ ކަލެއަށް އިހްތިރާމް ކުރާނީ ޓޯޕީ އެކަނި

wpDiscuz