އެއަރޕޯޓް ޓެކްސް ދިވެހިންނާ ބިދޭސީން ތަފާތެއް ނުކުރެވޭނެ – ޒުހޫރު

އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި ނަގަން ނިންމާފައިވާ ފައިސާ ދިވެހިންނާއި ބިދޭސީން ތަފާތު ނުކުރެވޭނެކަމަށާއި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާއި ޚިލާފް ނިންމުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ޗެއަރ އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ޒުހޫރު ވިދާޅުވީ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަން މަޖިލީހުން ނިންމެވި ނިންމެވުމަކީ ސަރުކާރުން އެބިލް ފާސްކުރަން ބޭނުންވާ ގޮތް ނޫންކަމަށާއި، އެގޮތަށް އެކަން ނުކުރެވޭނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހިންނާއި ބިދޭސީންގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖް ނަގަންޖެހޭނީ އެއްއުޞޫލަކުން ކަމަށާ އަދި އެކަން ކުރަންޖެހެނީ އެއަރލައިންތައް މެދުވެރިކޮށް ކަމަށްވާތީ އެ ނެގޭނީ އެއްހަމައަކުން އެއްއުސޫލަކުން ކަމަށެވެ. އެހެންކަމުން އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖް 25 ޑޮލަރަށް މަތިކުރުން ނުވަތަ 12 ޑޮލަރަށް ތިރިކުރުން މިއީ ކުރަންޖެހޭނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޒުހޫރު އިތުރަށް ވިދާޅުވީ ރާއްޖެ ބައިވެރިވެފައިވާ ބައިނައްއަޤްވާމީ މުޢާހަދާތަކާއި ދުނިޔޭގެ ވައިގެ ދަތުރުފަތުރާބެހޭ މައި އިދާރާއިން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ދިވެހިންނާއި ބިދޭސީން ތަފާތުކޮށް ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން އެއްވެސް ޗާޖެއް ނެގުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

މަޖްލީހުން ފާސްކުރައްވާ އެއަރޕޯޓް ޑިވެލޮޕްމެންޓް ޗާޖްގެ ގޮތުގައި ނަގަން ނިންމާފައިވާ ފައިސާ އާއި މެދު ރައީސުލް ޖުމްހޫރިއްޔާވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެބިލް ފާސްކޮށްފައި އެވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ނޫންކަމުގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ބިންސާފުކޮށް ނިމިއްޖެ – ޖުލައި 26 ގައި ބޯޓްޖައްސާނެ : މާފަރު އެއަރޕޯޓް

ޔުނައިޓެޓް ޢަރަބް އެމިރޭޓްސްގެ އަބޫދާބީ ފަންޑުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ މާފަރު އެއަރޕޯޓް ގެ ބިންސާފުކޮށް ނިމި ފައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz