އެންމެ ގިނައީ އެކަށޭނަ ސިއްޙީ ޚިދުމަތް ނުލިބިގެން ހުށައެޅުނު މައްސަލަ

hrcm

ދިވެހިރާއްޖޭގެ ހިއުމަން ރައިޓް ކޮމިޝަން (އެޗްއާރުސީއެމް) އިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަހަރު އެކޮމިޝަނަން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބިގެން ހުށަހަޅާފައިވާ މައްސަލަތަކެވެ.

އެކޮމިޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި މިދިޔަ އަހަރަށް ވުރެ މިއަހަރުގެ މިހާތަނަން އެކޮމިޝަނުން ބަލާ ނިންމުނު މައްސަލަތައް 24 އިންސައްތަ އިތުރެވެ. މިއަހަރުގެ މިހާތަނަށް 964 މައްސަލަ ހުށަހެޅުނުއިރު މިދިޔަ އަހަރު ހުށަހެޅުނީ 775 މައްސަލައެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ދުވަހުގެ ގޮތުގައި މި މަހުގެ އަށްވަނަ ދުވަސް ފާހަގަ ކޮށްފައިވާއިރު، އެދުވަހު އެޗްއާރުސީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ނެގެހެއްޓުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz