އެންމެ ރަނގަޅަށް ކުޅުނީ ސާއްޕެ

saappe

މިހާރު ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި ލަންދޫ ޓީމުން  އެންމެ ރަނގަޅަށް ކުޅުނީ ކޮން ކުޅުންތެރިއެއްތޯ ސުވާލު ކޮށްފިނަމަ އެންމެންގެވެސް ޖަވާބަކަށް ވާނީ އެކުޅުންތެރިއަކީ ލަންދޫ ޓީމުގެ އަރަމުން އަންނަ ޒުވާން ހުނަރުވެރި މުޙައްމަދު ޝާފިޢު (ސާއްޕެ) ކަމުގައެވެ.

މިފަހަރުގެ މުބާރާތުގައި ލަންދޫޓީމު ހިމެނުނު ގްރޫޕް އޭ އިން އެންމެ ފުލަށްގޮސް މުބާރާތުން ކަޓައިގެން ދިޔަނަމަވެސް ސާއްޕެއަށް މި މުބާރާތްވީ ވަރަށް ހާއްޞަ މުބާރާތަކަށެވެ. އެހެނީ މި މުބާރާތަކީ ސާއްޕެގެ ފުޓްބޯޅައިގެ ހަޔާތުގައި ލަންދޫ ސީނިއަރޓީމުގެ ހުރިހާ މެޗެއްގައިވެސް ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނިކުމެ 90 މިނިޓް ހަމަ ކުރި ފުރަތަމަ މުބާރާތް ކަމަށްވާތީއެވެ.

shafiuމިފަހަރުގެ މުބާރާތުގައި ލަންދޫޓީމުގެ ގިނަ ކުޅުންތެރިންނަށް އެކުޅުންތެރިންގެ އަސްލު ފެންވަރު ދައްކާނުލެވި މުބާރާތުން ޓީމު ކަޓައިގެން ދިޔަނަމަވެސް ސާއްޕެވަނީ ފިސާރި ރަނގަޅަށް އޭނާގެ ކިބައިގައި ހުރި ފުޓްބޯޅައިގެ ހުނަރު ދަށްކާލަދީފައެވެ. ޓީމުގެ ފަހަތުން ހާބުރިއަކަށް ، މުބާރާތުގައި ކުޅެން ފެށައި ސާއްޕެވަނީ ބައެއް މެޗުތަކުގައި އަރިމަތިން ވިންގަށް ކުޅުނުމުގެ އިތުރުން ޓީމުގެ ލާސްޓަކަށްވެސް ކުޅެފައެވެ. ކުރު ގޮތަކަށް ބުނާނަމަ މިފަހަރުގެ މުބާރާތުގައި ޓީމުގެ ކޯޗުންވަނީ ގޯލްކީޕަރަށް ނޫން އެހެން ހުރިހާ މަޤާމަކަށް ސާއްޕެލައްވާ ކުޅުވާފައެވެ.

މި މުބާރާތުގައި ސާއްޕެގެ ފަރާތުން ފެނުނު އުންމީދީ ކުޅުމުން ލަންދޫގެ ގިނަބަޔަކު ދެކެނީ ދެން ލަންދޫގެ ފުޓްބޯޅައިގައި އެންމެ އަލިގަދަ ތަރިއަކަށް ވެގެންދާނެ އެއްކުޅުންތެރިއަކީ ސާއްޕެ ކަމުގައެވެ.

safiu-1ސާއްޕެއަކީ ރަނގަޅު އިސްކޮޅަކާއި ރަނގަޅު ހަށިގަނޑެއް ލިބިފައިވާ ކުޅުންތެރިއަކަށް ވާއިރު ދެން ސާއްޕެއަށް ބޭނުންވަނީ މިއަދު ލަންދޫގެ ގިނަ ޒުވާން ކުޅުންތެރިންގެ ކިބައިން ފެންނަމުން ނުދާ “ފުޓްބޯޅަގެ ޑިސިޕްލިންގ” އާއި ފުޓްބޯޅައިން ކުރިއަށް ދިއުމުގެ އަޒުމާއި ހިތްވަރާއި ޖޯޝެވެ.

ލަންދޫޓީމުގައި ނަގާކިޔަންތިބި ތަޖުރިބާކާރު ގިނަކުޅުންތެރިން އެކުޅުންތެރިން ފުޓްބޯޅައިގެ އެންމެފަހު ދުވަސްތައް ގުނަމުންދާއިރު ލަންދޫޓީމަށް ސާއްޕެ ފަދަ ޒުވާން ގިނަކުޅުންތެރިންނެތް މިއަދު މިވަނީ ބޭނުންވެފައެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ޕްރެކްޓިސް ދެ ވަނަ މެޗް މާފަރާއި ދެކޮޅަށް

ޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމު ލަންދޫގެ ޕްރެކްޓިސް 2 ވަނަ މެޗް މާފަރު ފުޓްބޯޅަ ޓީމާއި …

ޚިޔާލެއްދެއްވާ

avatar