އެންމެ ހަމަހިމޭން އަދި އަމާން ގޮނޑުދޮށްތަކުގެ މަންޒިލަކަށް ރާއްޖެ ހޮވިއްޖެ

ކޮންޑެނާސްޓު ޓްރެވަލަރ ރީޑާސް ޗޮއިސް އެވާޑްސް” ގެ އެންމެ ހަމަހިމޭން އަދި އަމާން ގޮނޑުދޮށްތަކުގެ މަންޒިލަކަށް ރާއްޖެ ހޮވިއެއްޖެއެވެ.

މަޝްހޫރު ޓްރެވަލް މަޖައްލާއެއް ކަމަށްވާ ކޮންޑެނާސްޓް ޓްރެވަލަރސްގެ ފަރާތުން ކޮންމެ އަހަރަކުވެސް ހޮވާ “ކޮންޑެނާސްޓު ޓްރެވަލަރ ރީޑާސް ޗޮއިސް އެވާޑްސް” އަކީ އާންމުންގެ ވޯޓުގެ މައްޗަށް ބިނާކޮށްދޭ އެވޯޑެކެވެ.

ދުނިޔޭގެ ފެންވަރުގައި ދޭ މިއެވޯޑަށް ރާއްޖެ ހޮވިފައިވާއިރު، މި އެވޯޑަށް ދެން ނޮމިނޭޓު ވެފައިވަނީ ސީޝެލްސް އާއި ޒާންޒިބާއެވެ. ދުބާއީގައި ކުރިއަށްދިޔަ އެވޯޑު ހަފްލާގައި ރާއްޖޭގެ ފަރާތުން މި އެވޯޑާއި ހަވާލުވެވަޑައިގެންނެވީ، އަބޫދާބީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލަރ މުސަބު އަބްދުﷲއެވެ.

މި ހަފްލާގައި ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ދުސިތު ތަނި މޯލްޑިވްސްއަށް ވަނީ އައިލާއާއި އެކު ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ކަމުދާ ރިސޯޓުގެ އެވޯޑު ލިބިފައެވެ. މިދިޔަ އަހަރު ” ކޮންޑެ ނާސްޓު ޓްރެވަލަރ ރީޑާސް ޗޮއިސް އެވޯޑްސް” ގައި ރާއްޖެއަށް ވަނީ އެންމެ ކަމުދާ ގޮނޑުތައްތަކުގެ މަންޒިލްގެ އެވޯޑުވެސް ލިބިފައެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި އިތުރު 27 ރިސޯޓް ހުޅުވާނެ – ޓޫރިޒަމް މިނިސްޓްރީ

ކުރިއަށްއޮތް ދެއަހަރުގެ ތެރޭގައި އިތުރު ހަތާވީސް ރިސޯޓް ހުޅުވާނޭކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ބުނެފިއެވެ. މިކަން ޓޫރިޒަމް މިނިސްޓްރީން ހާމަކުރީ …

ޚިޔާލެއްދެއްވާ

avatar