” ލަންދޫއިންފޯ ” އިން ހޮވާ އެންމެގިނަ ލަނޑުޖަހާ ކުޅުންތެރިޔަކަށް ދެވޭ ލަންދޫއިންފޯ އިވޯރޑް މިފަހަރު ހޯދާ ކުޅުންތެރިޔަކީ ވޭތުވެދިޔަ އަހަރުތަކުގައި ލަންދޫ އިންފޯ އެވޯރޑަށްވެސް ވާދަކޮށްފައިވާ ހުނަރުވެރި ފޯވާރޑް ހުސެއިން ޖަވާދު ޖަވާއެވެ.
ލަންދޫޓީމްތައް ލަންދޫގައާއި ލަންދޫން ބޭރުގައި ކުޅެވޭ އެކުވެރިކަމުގެ މެޗްތަކަށާއި ރަސްމީ ހައިސިއްޔަތެއް ލިބިފައިވާ ފަރާތަކުން އިންތިޒާމްކޮށްގެން ލަންދޫގައި ބޭއްވޭ ފުޓްބޯޅަ މުބާރާތްތަކުގައި ޖަހާލަނޑުތަކަށް ބަލައިގެން ” ލަންދޫއިންފޯ ” އިން ދިނުމަށް ހަމަޖައްސާފައިވާ މިއެވޯޑް މިފަހަރު ޖަވާ ހޯދަނީ ވޭތުވެދިޔަ އަހަރު ޖުމުލަ 20 ގޯލް ކާމިޔާބުކޮށްގެންނެވެ. މިއީ މިފަހަކަށް އައިސް އެއްކުޅުންތެރިޔަކު އެއްއަހަރު ދުވަހުގެ ތެރޭގައި މިހާގިނަ ލަނޑު ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
ޖަވާ ޖަހާފައިވާ 20 ގޯލްގެ ތެރެއިން 11 ގޯލަކީ އެކުވެރިކަމުގެ މެޗުތަކުގައި ލަންދޫޓީމަށް ޖަހައިދީފައިވާ ގޯލްތަކެވެ. މީގެ ތެރޭގައި ލަންދޫގެ އެއްނަމްބަރ ޓީމް މާޅެންދޫއަށް ގޮސް މާޅެންދޫގައި ކުޅެވުނު މެޗްގައި ޖަވާހެދި ހެޓްރިކް ފާހަގަކޮށްލެވެއެވެ. ” ލިޔެސް ” ޖަޢިއްޔާއިން އިންތިޒާމްކޮށް ބަޑިފެމެލީއިން ސްޕޮންސަރ ކޮށްގެން ވޭތުވެދިޔަ އަހަރު ލަނދޫގައި ބޭއްވުނު ” ބަޑިފެމެލީ ލިޔެސް ހޮލިޑޭކަޕް ” ގައި ޖަވާ 9 ލަނޑު ޖަހާފައިވާ އިރު 7 ލަނޑަކީ އެފްސީ އޮކާޗީ ކޮޅަށް އޭނާ ޖަހާފައިވާ 7 ލަނޑެވެ. މިއީ ލަނދޫގެ ތާރީޙްގައި މިފަދަ މުބާރާތެއްގައި އެއްމެޗެއްގައި އެއްކުޅުންތެރިޔަކު މިހާތަނަށް ޖަހާފައިވާ އެންމެގިނަ ލަނޑުވެސް މެއެވެ.
މިިފަހަރުގެ ލަންދޫއިންފޯ އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާގެ އެވޯރޑަށް ޖަވާ އާއި އެންމެގާތުން ވާދަކޮށްފައިވަނީ ވޭތުވެދިޔަ އަހަރުގައިވެސް ހުނަރުވެރި ކުޅުމެއްދެއްކި ޒުވާން ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު ސަމާޙް ސަމައްޓޭ އާއި ވޭތުވެދިޔަ އަހަރުގެ ” ލަންދޫއިންފޯ އެންމެމޮޅު ކުޅުންތެރިޔާގެ އެވޯރޑް ” ހާސިލްކުރި ހުނަރުވެރި ތަޖުރިބާކާރު ކުޅުންތެރިޔާ ޔޫސުފް ޢަބްދުއްރަޙީމް ޔޫއްޓޭ އެވެ. މީގެ ތެރެއިން ސަައްޓޭ ވޭތުވެދިޔަ އަހަރު 13 ލަނޑު ޖަހާފައިވާއިރު ޔޫއްޓޭ 12 ލަނޑު ޖަހާފައިވެއެވެ.
މިއަހަރުގެ ” ލަންދޫއިންފޯ އެވޯރޑްނައިޓް ” ބޭއްވުމުގެ ތައްޔާރީތައް މިހާރުއަންނަނީ ވަމުންނެވެ،
ޚިޔާލެއްދެއްވާ