އެންމެފަހުން ޗެލްސީ އިން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފި

2003 ވަނަ އަހަރު އިގިރޭސި ވިލާތުގެ ޗެލްސީ އާއި ރަޝިއާގެ މަހުޖަނު ރޯމަން އަބްރަހަމޮވިޗް  ހަވާލުވުމަށްފަހު އޭނާ ދެކެމުން އައި އެންމެ ބޮޑުހުވަފެން ހަޤީގަތަކަށްވެ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި ޗެލްސީ އިން ރޭ އުފުލާލައިފިއެވެ.

ޖަރުމަން ވިލާތުގައި އެތައްހާސް ސަޕޯރޓަރުންގެ ކުރިމަތީގައި ކުޅެވުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ނިމިގެން ގޮސްފައިވަނީ ދެޓީމް 1 ލަނޑު  1 ލަނޑުން އެއްވަރުވެގެންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ބަޔާން މިޔުނިކެވެ. މެޗުގެ ފުރަތަމަ ލަނޑު ބަޔާން މިއުނިކުގެ މުލާރ ޖަހައިދީފައިވަނީ މެޗުގެ 83 ވަނަ މިނިޓްގައެވެ. މިލަނޑާއިއެކު މިމެޗުން ބަޔާން މޮޅުވާނެކަމަށް ނިންމައިގެންތިއްްބައި   ޗެލްސީއަށް ނަތީޖާ ހަމަ ހަމަ ކޮށްދިނީ މެޗުގެ 88 ވަނަ މިނިޓްގައި އައިވަރީ ކޯސްޓްގެ ތަރި ޑްރޮގްބާއެވެ.

މިލަނޑަށްފަހު ޗެލްސީގެ ކުޅުންތަންކޮޅެއް ރަނގަޅުވި ނަމަވެސް ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ބަޔާން މިއުނިކުންނެވެ. އިތުރު ވަގުތުގައި ކުޅެވުނު އިރު ޗެލްސީގެ ޕެންލްޓީ އޭރިޔާގެ ތެރެއިން ބަޔާންގެ ރިބެރީއަށް ޑްރޮގްބާ ކުރި ފައުލަކާއި ގުޅިގެން ބަޔާންއަށް ލިބުނު ޕެނަލްޓީވެސްވަނީ ނާކާމިޔާބު ވެފައެވެ. ބަޔާންގެ ރޮބެން ޖެހި ޕެނަލްޓީ ޗެލްސީގެ ކީޕަރވަނީ ވަރަށް ހުޝިޔާރުކަމާއި އެކު ދިފާޢު ކޮށްފައެވެ. މި ޕެނަލްޓީއަށްފަހު މިފަހަރުގެ ތައްޓަކީ ޗެލްސީގެ އެއްޗެއްކަމަށް ގިނަ ބަޔަކު ބުނަން ފެށިއެވެ.

އިތުރުވަގުތުގެ ދެހާފްގެ ކުޅުމަށްފަހު ޗެމްޕިއަންސް ލީގުގެ ތަށި ފުރަތަމަ ފަހަރަށް ޗެލްސީ އިން ހޯދީ ޕެނަލްޓީ ޖަހައިގެން 3 ލަނޑު 4 ލަނޑުން ބަޔާން މިއުނިކު ބަލިކުރުމަށްފަހުއެވެ. ޗެލްސީގެ މިކާމިޔާބާއިއެކުު ވަގުތީގޮތުން ޗެލްސީގެ ކޯޗްކަމާއި ހަވާލްވެގެން ހުރި އިޓަލީގެ ޑި މަޓެއޯ ޗެމްޕިއަންސް ލީގު ގެ ތަށިހޯދި ކޯޗުންގެ ލިސްޓަށްވެސް އަރައިގެންދިޔައީއެވެ.

ރޭގެ މެޗުގައި ޗެލްސީގެ ތަރި އަކަށްވެގެން ދިޔައީ މިއަހަރަށް ޗެލްސީ އާއި އެކު ހަދާފައިވާ ކޮންޓްކެޓްގެ މުއްދަތުހަމަވާ އައިވަރީ ކޯސްޓްގެ ތަރި ޑްރޮގްބާއެވެ. މެޗުތެރޭގައި ޗެލްސީ އިން ކާމިޔާބުކޮށްދިން ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދީ ޗެލްސީއަށް ޗެމްޕިއަންކަންކަން ކަށަވަރުކޮށްދިނުމަށް ކާމިޔާބުކޮށްދިން ޕެނަލްޓީ ހިތްގައިމު ގޮތަކަށް ކާމިޔާބުކޮށްދިނީވެސް ޑްރޮގްބާއެވެ.

ޗެލްސީގެ މިކާމިޔާބާއި އެކު ޗެލްސީގެ މިހާރުގެ ކޯޗް ޑި މަޓެއޯ ޓީމްގައި ބަހައްޓާނެކަމަށް ބެލެވޭއިރު ، ޓީމްވެސް އަންނަ ސީޒަނަށް ވަރުގަދަ ކުރާނެކަމަށް ބެލެވެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް 3 އަތޮޅެއްގެ ބައިވެރިންނަށް ހިންގައިފި

3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ …

ޚިޔާލެއްދެއްވާ

avatar
wpDiscuz