ފޮޓޯ:އައްޑުލައިވް

‘އީކުއޭޓަރ އައްޑޫ ސިޓީ މެރެތަން’ ގެ އިންތިޒާމު ދަށްކަމަށްބުނެ ފާޑުކިޔައިފި

ރާއްޖޭގެ ކާމިޔާބު ދުވުންތެރިންގެ ތެރޭގައި ހިމެނުނު ނަސީރު އިސްމާއީލްގެ “ރަނާސް މޯލްޑިވްސް”ގެ ފަރާތުން އިއްޔެ އައްޑޫގައި ބޭއްވި މެރަތަންގެ އިންތިޒާމު ދަށްކަމަށްބުނެ ފާޑުކިޔައިފިއެވެ.

ތިން ފަހަރެއްގެމަތިން ނަން ބަދަލުކޮށް، ތިން ފަހަރެއްގެމަތިން ލަސްކުރެވުނު މި މެރަތަން އައްޑޫގެ ގިނަބަޔަކު ސިފަކުރަނީ އައްޑުއަށް ލިބުނު ހުުތުރެއްގެ ގޮތުގައި ކަމަށް، އައްޑޫލައިވްގައި ވަނީ ބުނެފައެވެ.

“އެންމެ ފުރަތަމަ ފަށައިގަތީ އީކުއޭޓާ އިންޓަނޭޝަނަލް މެރަތަންގެ ނަމުގައެވެ. ވަކި ހިސާބަކުން އެ ނަމަށް “އައްޑޫ” އިތުރުވިއެވެ. ދެން ކިޔަން ފެށީ “އީކުއޭޓާރ އިންޓަނޭޝަނަލް މެރަތަން އިން އައްޑޫ” އެވެ. އެހެން ނަމަވެސް ދުވަސްކޮޅަކަށް ފަހު އެ ނަމުން “އިންޓަނޭޝަނަލް” ގެއްލުނެވެ.” އައްޑޫލައިވްގައި ބުނެފައި ވެއެވެ.

މެރަތަންގެ އިންތިޒާމު ދަށްވެގެން ފާޑުކީ ކަންކަމުގެ ތެރޭގައި، މެރަތަން އަށް ނަންޖެއްސި މީހުންގެ ނަން ނެތުން، ކުޑަކުދިންގެ ދުވުމުގައި ސަލާމަތީފިޔަވަޅު އެޅިފައިނެތުން، ދުވުންތެރިންގެ ނަންބަރުގެ ގޮތުގައި ކަރުދާސްގަނޑެއް ދިނުމާއި، ޓީޝާޓަށް އިތުރަށް ފައިސާނެގުން ހިމެނެއެވެ.

މީގެއިތުރުންވެސް، މިއީ ބައިނަލްއަގުވާމީ ދުވުމަކަށްވުމުން، ރާއްޖޭން ބޭރުން ބައިވެރިވިފަރާތްތަކަށް ވިސާ ކަންތަކުގައި އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ރަނާސް މޯލްޑިވިސްގެ ފަރާތުން ދިން ނަމަވެސް ފަހުވަގުތު އެ އެހީތެރިކަން ނުލިބުމުން ވިސާ ކަންތައް ފުރިހަމަ ނުވެ ބައެއް މީހުންނަށް ޖެހުނީ އެނބުރި ޤައުމަށް ދާންކަމުގައިވެސް އައްޑޫލައިވް ގައިވެއެވެ.

އަދި ދުވުން ފެށި ސިޓީ ސްކޮއާ ސާފުނުކޮށްވާތީވެސް ގިނަ ބަޔެއްގެ ފާޑުކިޔުންތައްވަނީ އަމާޒުވެފައެވެ.

ފޮޓޯ:އައްޑޫލައިވް

ލިޔުނީ: ލޭފަވެތި

ލޭފަވެތި މީ އަމިއްލަ ޝައުގުގައި މިދާއިރާއިން ކުރިއަށްދާން މަސައްކަތްކުރާ ޒުވާނެކެވެ. އާއްމުކޮށް ހުރިހާ ދާއިރާއެއްގެ ހަބަރާ މައުލޫމާތު، ލިޔުންތައް ގެނެއެވެ.

ޚިޔާލެއްދެއްވާ

avatar