އިޒްރޭލްގެ މަތިންދާ ބޯޓްގެ މައްސަލަ ދީނީ އިލްމުވެރިންގެ މަހާސިންތާއިން ބޭރުކޮށްފި

އިޒްރޭލްގެ މަތިންދާ ބޯޓުތައް ރާއްޖޭގައި ޖެއްސުމާބެހޭ ގޮތުން ދީނީ އިލްމުވެރިންގެ ހިޔާލު ހޯދުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް، ދީނީ އިލްމުވެރިންގެ މަހާސިންތާ އަށް ހުށަހެޅުއްވި މައްސަލައިގައި ބަހުސް ކުރައްވަން ބޭނުން ނުވާ ކަމަށް ކަނޑައަޅުއްވައި، އެ މައްސަލަ މިއަދު ބޭރުކޮށްލައިފި އެވެ.

އިޒްރޭލްގެ ބޯޓުތައް ޖެއްސުމާބެހޭ ގޮތުން މަހާސިންތާގައި މަޝްވަރާކުރުމަށް ފުރުސަތެއް ލިބޭނަމަ، އެކަން ކޮށްދެއްވުމަށް އާދިލް ސަލީމް އެދިވަޑައިގަންނަވާ ކަން އިއުލާން ކުރެއްވީ މިއަދުގެ މެންދުރު ފަހުގެ ދަންފަޅީގައި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ކަމަށް ހަވީރަށް ވަނީ އެނގިފަ އެވެ.

“ޑރ. މަޖީދު މޮޑަރޭޓަރެއްގެ ގޮތުގައި ހުންނަވައި ހުށަހެޅުއްވި މި މައްސަލައަށް ބަހުސް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވޯޓު ދެއްވީ 12 އިލްމުވެރިޔަކު. ބަހުސް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް 22 އިލްމުވެރިޔަކު ވޯޓު ދެއްވި،” ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް މީހަކު ބުންޏެވެ.

މަހާސިންތާގެ ބައިވެރިން، އިޒްރޭލްގެ ބޯޓުގެ މައްސަލައިގައި ބަހުސްކުރަން ބޭނުން ނުވީ މަހާސިންތާގައި ވަގުތުގެ ދަތިކަން ހުރެގެން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެގޮތުން މަހާސިންތާގެ ތާވަލުގައި ކަނޑައަޅާފައިވާ ކަންކަމަށް ބަހުސްކުރުމަށް އެކަށީގެންވާ ވަގުތު ނެތް ކަމަށް ވެސް ބައެއް ބައިވެރިން ފާހަގަކުރެއްވި އެވެ.

އިޒްރޭލްގެ ބޯޓުތައް ރާއްޖެއަށް ޖެއްސުމާބެހޭ ގޮތުން މަޝްވަރާކުރައްވަން ބޭނުން ނުވާ ކަމަށް ނިންމީ، މަހާސިންތާގައި ވަގުތުގެ ދަތިކަން ހުރުމުން ކަމަށް އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހްމަދުﷲ ޖަމީލް ވެސް ވިދާޅުވި އެވެ.

ފަސްދޮޅަހަށް ވުރެ ގިނަ ދީނީ އިލްމުވެރިން ބައިވެރިވެވަޑައިގެން، ދެ ދުވަހުގެ މުއްދަތަށް ބާއްވާ މަހާސިންތާގައި، ދީނީ ހިލާފު އުފެދިފައިވާ މައްސަލަތަކާ މެދު އަމަލުކުރާނެ ގޮތާއި ކޮންމެ އިހްތިލާފީ މައްސަލައެއްގައި ދެގޮތް ހުއްދަތޯ އާއި މިސްކިތުގެ ތަނބުތަކުގެ ދޭތެރޭގައި ނަމާދުކުރުމާއި ފައިސާއިން ފިތުރު ޒަކާތް ދެއްކުމާއި ގުނޫތު ކިޔުމާ ބެހޭ ގޮތުން މަޝްވަރާކުރާނެ އެވެ. އަދި އިސްލާމީ ޝަރީއަތުގެ ދެ ވަނަ މަސްދަރުކަމުގައިވާ ރަސޫލާގެ ސުންނަތާ ބެހޭ ގޮތުން ވެސް މަޝްވަރާކުރާނެ އެވެ.

އިޒްރޭލްގެ ގައުމީ އެއާލައިން އެލްއާލްގެ އުދުހުންތައް މި ޑިސެމްބަރު މަހު ފަށަން ހަމަޖައްސާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ވިދާޅުވެފައިވަނީ އެ އެއާ ލައިންނަށް އަދި ހުއްދަ ނުދޭ ކަމަށެވެ.

އެލްއާލްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލަމާބަތާ ބެހޭ ކޮމިޓީން ވެސް ދަނީ ބަދަލަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ އިންޓަރހައުސް ޖޫނިއަރ ބައިގެ ފުޓްބޯޅަ މުބާރާތް ފަށައިފި.

ނ.ލަންދޫ ސްކޫލްގެ އިންޓަރހައުސް މިއަހަރުގެ ފުޓްބޯޅަ މުބާރާތުގެ ޖޫނިއަރ ބައިގެ ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ. ލަންދޫސްކޫލްގެ ފުޓްބޯޅަ ދަނޑުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz