އިޒްރޭލްގެ އަލިފާންގަނޑު ފަލަސްތީނަށްވެސް ފެތުރި ފަލަސްތީނުގެ ކުޑަކުއްޖަކު ނިޔާވެއްޖެ.

އިޒްރޭލްގެ އަލިފާންގަނޑު ނިއްވުމުގައި އަލިފާން ނިވާމީހަކު ޙަރަކާތްތެރިވަނީ / ފޮޓޯ : ރޮއިޓަރސް
އިޒްރޭލްގެ އަލިފާންގަނޑު ނިއްވުމުގައި އަލިފާން ނިވާމީހަކު ޙަރަކާތްތެރިވަނީ / ފޮޓޯ : ރޮއިޓަރސް

އިޒްރޭލްގެ އަލިފާންގަނޑު ކޮންޓްރޯލްނުވެ ޖެރޫސެލަމުގެ ބޮޑުބައެއް އަނދާ އަޅިއަށްވެ އަލިފާންގަނޑު ރާމަﷲ އާއި ހިސާބަށް ފެތުރި އެހިސާބުގެ ގެއެއް އެއްކޮށްއަނދާ އެގޭގައި ދިރިއުޅުނު ދެ އަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެކަމަށް އަލް އަރަބިޔާ ނިއުސް އެޖެންސީން މައުލޫމާތު ދީފިއެވެ.

މީގެ 5 ދުވަސްކުރިން އިޒްރޭލުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ޖެރޫސެލަމްގެ ޖަންގަލި ފަހަނައަޅާ ގޮސް ފަލަސްތީނުގެ ރާމަﷲ އާއި ހިސާބަށް ފެތުރިފައިވާއިރު އަލިފާން ނިއްވުމުގައި އިޒްރޭލްގެ އަލިފާން ނިއްވާ މީހުންނާއެކު ފަލަސްތީނުގެ ޓީމްތައްވެސް ހަރަކާތްތެރި ވަމުން އަންނަކަމަށް އެނޫހުގައި ބުނެފައިވެއެވެ.

އަދި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ތުރުކީ، ރަޝިޔާ، ގްރީސް، އިޓަލީ، ކްރޮއޭޝިޔާ އަދި ސައިޕްރަސް އިންދަނީ ވައިގެ އެހީ ފޯރުކޮށްދެމުންނެވެ.

އަލިފާންގަނޑު ރޯވުމާއި ގުޅިގެން އިޒްރޭލްގެ ފުލުހުން 13 މީހަކު ހައްޔަރު ކޮށްފައިވާއިރު އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ މި އަލިފާން ކޮންޓްރޯލް ކުރުމަށް މިސްރާއި، ޖޯޑަން އިންވެސް އިތުރު އެހީތެރިކަން ލިބޭނެކަމަށް އުންމީދުކުރާކަމުގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އިޒްރޭލްގެ އަލިފާންގަނޑުގެ ފަހަތުގައި ވަނީ ޓެރެރިސްޓުންކަމަށްބުނެ މީހުންތަކެއް ހައްޔަރުކޮށްފި.

އިޒްރާއީލުގައި މިހާރު ފެތުރެމުންދާ އަލިފާނުގެ ފަހަތުގައި ވަނީ ޓެރެރިސްޓުން ކަމަށްބުނެ އަލިފާންގަނޑުތައް ރޯކުރި ކަމުގެ ތުހުމަތުގައި 12 މީހަކު ހައްޔަރުކޮށްފިއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz