އިޒްރޭލްގެ އަލިފާންގަނޑުގެ ފަހަތުގައި ވަނީ ޓެރެރިސްޓުންކަމަށްބުނެ މީހުންތަކެއް ހައްޔަރުކޮށްފި.

އިޒްރާއީލުގައި މިހާރު ފެތުރެމުންދާ އަލިފާނުގެ ފަހަތުގައި ވަނީ ޓެރެރިސްޓުން ކަމަށްބުނެ އަލިފާންގަނޑުތައް ރޯކުރި ކަމުގެ ތުހުމަތުގައި 12 މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން ގިނަމީހުން ނިސްބަތްވަނީ ފަލަސްތީނަށްކަމަށް ބައެއް ނޫސްތަކުގައިވީނަމަވެސް އެއީ ކޮންބައެއްކަން ވަނީ ކަށަވަރުވާގޮތް ނުވެފައެވެ.

މިއަލިފާން ރޯކުރިމީހުން ހޯދާނެކަމަށާއި އެމީހުން އިންސާފުގެ ކުރިމައްޗަށް ޙާޒިރުކޮށް ހަރުކަށި އަދަބު ދޭނެކަމަށް އިސްރާއިލްގެ ބޮޑުވަޒީރުވަނީ ބުނެފައެވެ.

އިޒުރޭލްގެ އެތައް ހިސާބުތަކެއްގައި އަލިފާން ނުނިވި އަނދަމުންދާތާ މިއަދަށްމީ 4 ވަނަދުވަހެއެވެ. އިޒުރޭލްގް އަވަށްޓެރި ޤައުމުތަކުންނާއި، ބޮޑެތިބާރުތަކުން މިއަލިފާންކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދެއެވެ. ނަމަވެސް އަލިފާންގަނޑު އަދިވެސް ދަނީ ފެތުރެމުން ކަމަށް އަލް އަރަބި ނިއުސް އެޖެންސީންވެސް ކަށަވަރު ކޮށްދެއެވެ.

އަލިފާން އެންމެ ފުރަތަމަ ރޯވެފައިވަނީ ޖެރުސަލަމް ކައިރީގައި އޮންނަ ނިވް ޝެލޯމްގައެވެ. އެއަށްފަހު އިޒްރާއީލުގެ އުތުރުގެ ބައެއް ސަރަހައްދުތަކުގައި ވެސްވަނީ ރޯވެ ފެތުރެން ފަށާފައެވެ.

މި އަލިފާން ރޯކުރީ ސިޔާސީ ބައެއް ކަމަށްވެސް އިޒްރޭލްގެ ބައެއް މީހުން ދަނީ ބުނަމުންނެވެ. ނަމަވެސް އަދިވެސް އަލިފާން ރޯވާންދިމާވީ ސީދާކޮން ކިހިނެއް ވެގެން ކަމެއް ހޯދިފައެއް ނުވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އިޒްރޭލްގެ އަލިފާންގަނޑު ފަލަސްތީނަށްވެސް ފެތުރި ފަލަސްތީނުގެ ކުޑަކުއްޖަކު ނިޔާވެއްޖެ.

އިޒްރޭލްގެ އަލިފާންގަނޑު ކޮންޓްރޯލްނުވެ ޖެރޫސެލަމުގެ ބޮޑުބައެއް އަނދާ އަޅިއަށްވެ އަލިފާންގަނޑު ރާމަﷲ އާއި ހިސާބަށް ފެތުރި އެހިސާބުގެ ގެއެއް އެއްކޮށްއަނދާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz