އިސްގާޒީ އަބްދުﷲ މުހައްމަދު ނިޒާމްގެ ތެރެއިން ގެއްލުވާލައި ގިރިފުށީގައި ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެލުމަށް ނިންމައިފި

 ކުރީގެ ރައީސް ނަޝީދު އަމުރުކުރައްވައިގެން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ނިޒާމްގެ ތެރެއިން ގެއްލުވާލައި ގިރިފުށީގައި ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާގޮތަށް ހަމަޖައްސައިފިއެވެ.

ޖުޑީޝަލް ސަވިސް ކޮމިޝަނުން ބުނެފައިވަނީ ނަޝީދުގެ އިތުރުން އެމައްސަލާގައި ދައުވާ ލިބޭ ހުރިހާ ބޭފުޅުންގެ ޝަރީއަތްވެސް ކުރިއަށްދާނީ ތިން ފަނޑިޔާރުންގެ ބެންޗުން ކަމަށެވެ. ހުޅުމާލެ ކޯޓަށް ހުށެހެޅިފައިވާ މިމައްސަލައިގެ އަޑުއެހުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަސްޓިސް ބިލްޑިންގުގެ ތިރީ ހޯލުގައެވެ. ގާނޫނު އަސާސީއާއި ޚިލާފަށް އެތަކެއް އަމަލުތަކެއް ހިންގެވުމުގެ ސަބަބުން އަމިއްލައަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ކަމަށް ކޯނީގެ ރިޕޯޓްގައި ބުނެފައިވާ ކުރީގެ ރައީސް ނަޝީދު ގާނޫނުތަކާއި ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައާއި ގުޅިގެން ޕީޖީން ދައުވާކުރުމަށް ހުށަހަޅާފައިވަނީ ފަސް މީހެއްގެ މައްޗަށެވެ.

ޕީޖީ އޮފީހުން ދައުވާ އުފުލާފައިވާ ފަސްމީހުންގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް ނަޝީދާއި، ނަޝީދުގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނާއި، ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ރިޓަޔާޑް މޭޖަރޖެނަރަލް މޫސާ އަލީ ޖަލީލާއި، ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް ދީދީ އާއި ކާނަލް ޒިޔާދުއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނަޝީދުއާއި މައުމޫނާ ދެބޭފުޅުން ގެ މަޝްވަރާ ކުރިއަށްދާކަމަށް ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ.

ކުރީގެ ދެ ރައީސުން ކަމުގައިވާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމާއި، އަލްފާޟިލް މުޙައްމަދު ނަޝީދުއާއި ދެބޭފުޅުންގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާކަމަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz