ދިވެހިރާއްޖޭގައި ހުރި އެންމެ ބޮޑު މިސްކިތް ކަމުގައިވާ އިސްލާމީ މަރުކަޒުގައި މާދަމާ އިމާމުވެ ހުކުރު ކުރައްވާނީ ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ކަމަށް އިސްލާމީކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މުފްތީ މެންކަށް އިސްލާމީ މަރުކަޒުގައި މާދަމާ ހުކުރު ޚުތުބާ ވިދާޅުވުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިހާރުވަނީ ދެއްވައިފައެވެ.
އެމިނިސްޓްރީން ވިދާޅުވީ މުފްތީ މެންކަށް އިސްލާމީ މަރުކަޒުގައި ޚުތުބާ ވިދާޅުވުމުގެ ހުއްދަ ދެއްވީ އާންމުންގެ ގިނަބައެއްގެ އެދުމުގެ މަތިންކަމަށެވެ.
އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ވިދާޅުވުމުގެ ހުއްދައަށް ކުރިން އެދުމުން އިސްލާމިކް މިނިސްޓްރީން ވަނީ މުފްތީ މެންކަށް ހުއްދަ ދެވެން ނެތްކަމަށް ވިދާޅުވެފައެވެ. އެގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމެވީ އިސްލާމީ މަރުކަޒުގައި ދެވޭ ޚުޠުބާއަކީ، ދިވެހި ބަހުން ގެނެސްދޭންޖެހޭ ޚުތުބާއެއްގެ ގޮތުގައި މިނިސްޓްރީން މިދިޔަ އަހަރު ނިންމާފައިވާތީކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
މުފުތީ މެންކަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިނީ ތަޤުރީރު ކުރެއްވުމާއި، އިމާމުވެ ނަމާދު ކުރެއްވުމުގައި މަޝްހޫރު ޢިލްމްވެރިއެކެވެ.
ޚިޔާލެއްދެއްވާ