އިސްތިޢުފާނުދިންނަމަ އަޅުގަނޑު ހަވަރަށް ދިނީސް – ރައީސް ނަޝީދު

ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު އިސްތިޢުފާ ނުދެއްވި ނަމަ ހަވަރަށް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެ އަދި އިސްތިއުފާނުދިންނަމަ ހަވަރަށް ދިނީސްކަމަށް މޭރުންވާ ގޮތަށް ވާހަކަފުޅު ދައްކަވައިފިއެވެ.

 

އެމަނިކުފާނު މިގޮތަށް ވިދާޅުވީ ވެރިކަން ބަދަލުވެގެންދިޔަ ގޮތް ތަހްގީގުކުރަން ރާއްޖެއިން ބޭރުގެ ޖަމާއަތަކާއި ހަވާލުކުރަން އެމްޑީޕީ އިން ނިންމެވިކަމުގެ މައުލޫމާތު މީޑިއާތަކަށް ދިނުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެމަނިކުފާނު ވިދާޅުވީ އިސްތިއުފާ ދެއްވިއިރު މަޖުބޫރުވެ ވަޑައިގެން ދެއްވަނީ ކަމަށް ވިދާޅުނުވީ، އެގޮތަށް ވިދާޅުވެއްޖެނަމަ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވެ ގައުމުގެ މަސްލަހަތު ވަރަށް ބޮޑަށް ގެއްލިގެންދާނެ ކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ.

ފެބްރުއަރީމަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދު އިސްތިއުފާ ނުދެއްވިނަމަ، އެމަނިކުފާނު ހަވަރަށް ދެއްވަން ނިންމާފައިވާ ކަން ސިފައިންގޭގައި ހުންނަވަނިކޮށް އެނގިވަޑައިގެންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝިދު ވިދާޅުވީ އެމަނިކުފާނަށް އެކިފަހަރު އަނިޔާ ލިބިފައިވާ ކަމަށާއި ނަމަވެސް ދުވަހަކުވެސް ހަވަރަށް ދީފައިނުވާ ކަމަށެވެ.

”އަޅުގަނޑަށް ވަރަށް އަނިޔާ ލިބިފައިވޭ، އެކަމަކު ދުވަހަކުވެސް ހަވަރަށް ދީފައެއް ނުވޭ، އެކަމަކު އަޅުގަނޑު ހަވަރަށް ދިނުމުގެ ތުންފަތް މައްޗަށް ދިޔަ މިފަހަރު” ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ބަނޑޭރިގޭގައި ހުންނެވިއިރު އެމަނިކުފާނު ހަވަރަށް ދެއްވަން ނިންމަވާފައިވާކަން އެނގިވަޑައިގެންނެވި ކަމަށާއި ބަޣާވާތުގައި ބައިވެރިވި ވިޔަފާރިވެރިން ބައެއް މީހުންނަށް ގުޅާ، ވަކި ގަޑިއިރެއްގެ ތެރޭގައި އިސްތިއުފާ ނުދެއްވައިފިނަމަ ހަވަރަށް ދޭންވީ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެފޯން ކޯލްތައް ރިކޯރޑް ކުރެވިފައި ހުރުން ވެސް އެކަށީގެންވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުވެގެންދިޔަ ގޮތް ތަހްގީގު ކުރަން ބައެއް ބައިނަލްއަގުވާމީ ޖަމާއަތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތަކުން ވެރިކަން ވައްޓާލުމުގައި ބައެއް ފުލުހުންނާއި ސިފައިންގެ އިތުރުން ބައެއް ވިޔަފާރިވެރިން ވެސް ބައިވެރިވެފައިވާ ކަމަށެވެ.

އަދި ވެރިކަން ބަދަލުކުރުމުގައި ބައިވެރިވި ބައެއް އިސްވެރިން ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނަށް ބިރު ދައްކަން މަސައްކަތް ކުރަމުންދާ ކަމަށް  ރައީސް ނަޝީދު ވިދާޅުވި އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ އިންޓަރހައުސް ޖޫނިއަރ ބައިގެ ފުޓްބޯޅަ މުބާރާތް ފަށައިފި.

ނ.ލަންދޫ ސްކޫލްގެ އިންޓަރހައުސް މިއަހަރުގެ ފުޓްބޯޅަ މުބާރާތުގެ ޖޫނިއަރ ބައިގެ ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ. ލަންދޫސްކޫލްގެ ފުޓްބޯޅަ ދަނޑުގައި …

ޚިޔާލެއްދެއްވާ

avatar
wpDiscuz