އިސްރާއީލުގެ ބޮޑުވަޒީރަކަށް އަނެއްކާވެސް ނަތަންޔާހޫ

nathanyahoo
އިޒްރާއިލްގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުން މަޖިލާހުގެ އިންތިޚާބު އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކުޑް ޕާޓީން ކާމިޔާބުކޮށްފިއެވެ.
ނަތަންޔާހޫ މި އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންކުރެއްވި ކެމްޕެއިން ސްލޯގަންގެ އެންމެ ޢާއްމު ވާހަކައަކީ އޭނާއަށް އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ފަލަސްތީނުކިޔާ ދައުލަތެއް ދުވަހަކުވެސް ޤާއިމް ނުކުރެވޭނެކަމަށެވެ.
ނަތަންޔާހޫ މިއިންތިޚާބު ކާމިޔާބުކޮށްފައިވާއިރު ފަލަސްތީނުން މިކަމާމެދު ބުނެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރަކަށް ކޮންމެ މީހަކު އަޔަސް ފަރުވާލެއް ނެތްކަމަށާއި، ފަލަސްޠީނަށް މުހިންމީ ދެދައުލަތުގެ ޙައްލަށް ތާއީދުކުރާ އިސްރާއީލުގެ ސަރުކާރެއް ކަމަށެވެ.
ޕަލެސްތައިން ނޭޝަނަލް އޮތޯރިޓީ (ޕީ.އެން.އޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަޤްވާމީ މުއާހަދާތަކަށް އިޙްތިރާމްކުރާ އިސްރާއީލުގެ ކޮންމެ ސަރުކާރަކާ އެކުވެސް ވާހަކަ ދައްކަން ފަލަސްޠީނު އޮތީ ތައްޔާރަށް ކަމަށެވެ.
ފަލަސްޠީނުގެ ރައީސްގެ ތަރުޖަމާނު ނަބީލް އަބޫ ރޮދައިނާ ވިދާޅުވީ، ފަލަސްޠީނުން ބޭނުންވަނީ، ފަލަސްޠީނު – އިސްރާއީލު މައްސަލައަށް ސުލްޙަވެރި ޙައްލެއް ގެނައުމަށް ހުށަހެޅިފައިވާ “ދެދައުލަތުގެ ޙައްލަށް” ތާއީދުކުރާ އަދި އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ މުސްތަޤުބަލުގެ ވެރިރަށް ކަމަށް ޤަބޫލުކުރާ އިސްރާއީލުގެ ސަރުކާރެއް ކަމަށެވެ. ފަލަސްޠީނު އޮތީ ސުލްޙަވެރި ޙައްލަކަށް ތައްޔާރަށް ކަމަށްވެސް ބުނެފައި ވެއެވެ.
މިއިންތިޚާބުގައި ނަތަންޔާހޫ ބުނެފައިވަނީ، އިރުމަތީ ޤުދުސްއަކީ އިސްރާއީލުގެ ދާއިމީ ބައެއްކަމުގައި ހަދައި، އާބާދީތައް ފަތުރާލާނޭ ކަމަށެވެ. އަދި އިރުމަތީ ޤުދުސް ވަށައިގެން ލަމުންދާ ފާރު ނިންމައި، މުޅިން ވަކިކޮށްލާނެ ކަމަށްވެސް ބުނެ އިންޒާރު ކުރިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަވީގެ ހަކަތައިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ސާމާނު މާފަރަށް ގެނެސްފި.

މީހުން ދިރިއުޅޭ ކޮށްމެ ރަށެއްގައި ދުވާލުގަޑީގައި ބޭނުން ކުރާ އިޔާދަ ކުރަނިވި ހަކަތަ ތިރީސް އިންސައްތަ އަށް ހެދުމަށްޓަކައި ސަރުކާރުން …

ޚިޔާލެއްދެއްވާ

avatar