އިލްހާމް ޕީޕީއެމްއަށް ސޮއިކޮށްފި.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙުމަދު ވެރިކަންކުރާ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަން އަށް މިރޭ ސޮއިކުރައްވައިފިއެވެ.

އިލްހާމް ޕީޕީއެމްއަށް ސޮއިކުރައްވާފައިވަނީ މިރޭ ދަރުބާރުގޭގައި އޮތް ޚާއްސަ ރަސްމިޔާތުގައެވެ. އިލްޙާމަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އެނޫން ގޮތްގޮތުންވެސް މިސަރުކާރަށް ތާޢީދުކުރައްވައި، އެއްބާރުލުން ދެއްވަމުންދާ ބޭފުޅެކެވެ.

އިލްހާމަކީ ރައީސް މައުމޫނު ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތް ބޭފުޅެކެވެ. ޑީއާރުވީ ދެބައިވެ ޕީޕީއެމް އުފެއްދުމަށް އެންމެފުރަތަމަ މަސައްކަތްކުރެއްވި ބޭފުޅުންގެތެރޭގައި ވެސް އިލްހާމް ހިމެނިވަޑައިގަންނަވައެވެ. އަދި 2013 ވަނަ އަހަރު، ބޭއްވި ޕީޕީއެމްގެ ފުރަމަތަމަ ގައުމީ ޖަލްސާގައި އެޕާޓީގެ ނައިބު ރައީސްކަމަށް އިލްޙާމްނަވީ އިންތިޚާބުވިއެވެ. އެހެންނަމަވެސް އެނާވަނީ އެއަހަރުގެ ރިޔާސީ އިންތިޚާބުގެކުރިން ޕީޕީއެމްއިންވަކިވެ ޖުމްހޫރީޕާޓީއާ ގުޅިފައެވެ.

ރައީސް ޔާމީން ވަނީ އިލްހާމަށް ވަރަށްބޮޑަށް ތައުރީފް ކުރައްވާ މަރުޙަބާ ވިދާޅުވެފައެވެ. ރައީސް ޔާމީން މިރޭ ދެއްކެވި ވާހަކަފުޅުގައި ބޮޑަށް އަލިއަޅުއްވާލެއްވީ ރައްޔިތުންގެ މަޖްލީހުގައި ކަންތައްތައް ކުރަންޖެހޭނެ ގޮތުގެ މައްޗަށެވެ. ރައީސް ޔާމީން ވިދާޅުވީ މަޖްލިސް ތެރޭގައިވެސް އުޞޫލާ ޚިލާފަށް ކަމެއް ހިނގާނަމަ މަޖްލިސް ދޫކުރައްވާފައި ބޭރަށް ވަޑައިގަތުމަކީ މައްސަލައެއް ނޫންކަމަށެވެ.

ރައީސް ޔާމިން މިރޭވަނީ ރައީސް މައުމޫނާ ބެހޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނުވިދާޅުވީ ޕީޕީއެމްގެ ރައިސަކީ އަދިވެސް ރައީސް މައުމޫން ކަމަށާއި ރައީސް މައުމޫނަކީ އެމަނިކުފާނުގެ ލޯބިވާ ބޭބޭފުޅުކަމަށެވެ. އެކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއްކަމަށެވެ. އެމޭރުމުން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ޚިޔާލު ތަފާތުވާ ކަންކަމުގައި ވާހަކަ ދައްކައިގެން މައްސަލަ ތައް ހައްލުކުރެވޭނެކަމަށެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ކެބިނެޓް ވަރަށް ގިނަބޭފުޅުންނާއި، ޕީޕީއެމްގެ އިސްސަފުގައި ތިއްބެވި ބޭފުޅުންވަނީ ބައިވެރިވެފައެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީން މަޖިލީހުގެ އުސޫލަށް ތަބާވަންޖެހޭނެ- ގެމަނަފުށީ ދާއިރާގެ މެންބަރު އިލްޙާމް

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގަ އޮންނަ އުސޫލުތަކަށް ތަބާވެ،ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީއަށް އިޙްތިރާމް ކުރަންޖެހޭނެކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރު އިލްޙާމް އަހުމަދު …

ޚިޔާލެއްދެއްވާ

avatar