އީސީގެ ޕްރެސްކޮންފަރެންސެއްގެ ތެރެއިން

އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުންތައް ހުއްޓުމެއް ނެތި އީސީއަށް.

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ކުރީގެ އެމްޕީ ކަންވެސް ކުރެއްވި އަދި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންޑިރެކްޓަރަކަށް ހުންނެވި އަޙްމަދު ޝަރީފް ހަމަޖެއްސުވެމާއި ހިސާބުން އެކޮމިޝަނަށް ރައްދުވާގޮތަށް އިދިކޮޅު ފަރާތްތަކުން ކިޔަމުން އަންނަ ފާޑުކިއުންތައް އަނެއްކާވެސް ތަކުރާރުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ކުނޫޒްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއަރ އަލީ ނަޒީރު ވިދާޅުވީ އިލެކްޝަން ކޮމިޝަނަކީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީހެއް ކަމަށާއި އެ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުންވަނީ އިލެކްޝަންސް ކޮމިޝަން ހިސާރު ކޮށްފައި ކަމަށެވެ.

ނަޒީރު ސިފަކުރެއްވި ގޮތުގައި މިހާރުގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް އެމަޤާމަށް ގެނެސްވައިވަނީވެސް ޤާނޫނު އަސާސީއާއި ޤާނޫނު ތަކުގެ ބޭރުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރުމަށްކަމަށް ބުނެ ޤާނޫނަށް ގެންނަން މަސައްކަތްކުރަމުންދާ ބަދަލަށް އިޝާރާތް ކުރައްވާ ނަޒީރު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަކީ ޤާނޫނު އަސާސީއާއި ޤާނޫނުތައް ކަމުގައެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ބެލެނިވެރި ފަރާތަކީވެސް ޤާނޫނު އަސާސީއާއި ޤާނޫނުތައް ކަމަށާއި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަން ޖެހޭނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ރުޖޫއަވެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ އިމުގެ ތެރެއިންކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިހާބަށް ހޭލުންތެރި ކުރުމަށް އަތޮޅުތަކަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުން ގެންދާ ދަތުރުތައްވެސް ނަޒީރު ފާހަގަ ކުރެއްވީ ރައީސް ޔާމީންގެ ކެމްޕެއިން ދަތުރުތަކެއްގެ ގޮތުގައެވެ.

ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް އިލެކްޝަން ކޮމިޝަނުން އަތް ބޭނުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ވިދާޅުވަމުން ނަޒީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިހާރުކުރަމުން ގެންދާކަންކަން ޖުމްލަކޮށް އެއްކޮށްލުމުން އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި ހަރަކާތްތެރިވަނީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން އޮފީސްކަން ވަރަށް ރަނގަޅަށް ސާފުވާ ކަމުގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ބައި-އިލެކްޝަންތައްހުއްޓާލުމަށް ކޯޓުން އަންގައިފިނަމަ އެއަމުރަކަށްވެސް ތަބާވާނަން – އެލެކްޝަންސް

ސްޕްރީމް ކޯޓުގެ އެންގުތަކާއި ހުކުމްތަކަށް އަބަދުވެސް ބޯލަނބާކަމަށާއި، ބައި-އިލެކްޝަންތައްހުއްޓާލުމަށް ސްޕްރީމް ކޯޓުން އަންގައިފިނަމަ އެއަމުރަކަށްވެސް ތަބާވާނެކަމަށާއި، ސްޕްރީމްކޯޓުގެ ނިންމެވުމަކާ ޚިލާފު …

ޚިޔާލެއްދެއްވާ

avatar
wpDiscuz