އިއްޔެގެ ބައި އިލެކްޝަނުން ފެނިގެން ދިޔައީ އެމްޑީޕީގެ ސަރުކާރާ ދޭތެރޭގައި ރައްޔިތުން އިތުބާރު ނެތްކަން-އުމަރު

އިއްޔެގެ ބައި އިލެކްޝަނުން ފެނިގެން ދިޔައީ އެމްޑީޕީގެ ސަރުކާރާ ދޭތެރޭގައި މިއަދު ރައްޔިތުންގެ އެއްވެސް އިތުބާރެއް ނެތްކަން ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރޭ ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ހަތަރު ގޮނޑިއަކަށް ވާދަކޮށްގެން އޭގެ ތެރެއިން ތިން ގޮނޑި، ސަރުކާރަށް ނިސްބަތްވާ ޕާޓީތަކުން ކާމިޔާބު ކުރުމުން އަދި އެތަނުން ދެ ގޮނޑި ޕީޕީއެމްއިން ކާމިޔާބު ކުރުމުން ހާމަ ވެގެންދަނީ އެމްޑީޕީގެ ސަރުކާރާދޭތެރޭގައި މިއަދު ދިވެހި ރައްޔިތުންގެ އިތުބާރު ނެތްކަމާއި މުހައްމަދު ނަޝީދު ރައީސްކަން ކުރި ތިން އަހަރުތެރޭގައި ގެންގުޅުނު ސިޔާސަތު ތަކުގެ ސަބަބުން ރައްޔިތުން ނުރުހިފައި ތިބިކަން ކަމަށެވެ.

މީގެ އިތުރުން އުމަރު ނަސީރު ވިދާޅުވީ ތިމަރަފުށީގެ ދާއިރާގެ ގޮނޑި ޕީޕީއެމްއަށް ލިބުމުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ޕީޕީއެމްއަށް ލިބުނީކަމަށެވެ. އަދި ޕީޕީއެމްއަށް ދުވާލަކު އެވަރެޖްކޮށް ސަތޭކަ ތިރީސް މެންބަރުން ވަންނަމުން ދާކަމަށާއި އޭގެއިން ދައްކުވައިދެނީ ޕީޕީއެމް ކުރިއަރަމުން އަންނަ މިންވަރު ކަމަށެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މުލީއާގޭ ކައިރީގައި ގޮއްވާލަން އުޅުނު އެއްޗަކީވެސް ސީދާ ރައީސަށް އަމާޒުކުރި ޙަމަލާއެއް ކަމަށް ހޯމްމިނިސްޓަރ ވިދާޅުވެއްޖެ.

މިދިޔަހޯމަދުވަހުގެ ރޭ މުލީއާގޭ ކައިރީގައި އޮތް ވެހިކަލެއްގެ ފިއުލް ޓޭންކް މަތީގައި ބާއްވާފައި އޮއްވައި ފެނިގެން ޑިފިއުސް ކުރި އައިއީޑީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz