އިންޕޯޓްމުދަލުން ޑިއުޓީކަނޑާލިޔަސް މޭވާގެބާވަތްތަކުން އަގުހެޔޮނުވާކަމަށް ޢާއްމުން ބުނަން ފަށައިފި.

މިއަހަރުގެ މިހާތަނަށް އެތެރެކުރެވުނު އިންޕޯޓްމުދަލުގެ ބާވަތްތަކުން ކޮފީ ފިޔަވާ އެހެން އެއްވެސް އެއްޗަކުން އަގުހެޔޮ ނުވާކަމަށް ޢާއްމުން ބުނަން ފަށައިފިއެވެ. އެފަދަފަރާތަކުން ބުނާގޮތުގައި މޭވާ އާއި ތަރުކާރީ އަކީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެތެރެ ކުރާ ތަކެތި ކަމަށްވާއިރު ހަމަ ފުރަތަމަ ދުވަހުން ފެށިގެން އަގަށް ބަދަލު އަންނަން ޖެހޭނެކަމަށް ދެކޭކަމަށެވެ.

މިކަމާ ގުޅިގެން ބައެއް ވިޔަފާރިވެރިން ބުނަނީ އިމްޕޯރޓް ޑިއުޓީ ކަނޑާލިކަމުގައި ވިޔަސް ސަރުކާރުން ނިންމާފައިވާ އަގުގައި ޑޮލަރުގަންނަން ނުލިބޭހާ ހިނދަކު އިމްޕޯޓް މުދަލަށް މާބޮޑު ބަދަލެއް ނާންނާނެކަމަށެވެ.

ސަރުކާރުން ބުނަނީ މިއަހަރަކީ ޑިއުޓީ ފުރީ އަހަރެއްކަމަށާއި، ރައްޔިތުންނަށް ހުރިހާގޮތަކުންވެސް އުފާ ފާގަތިކަން މިއަހަރު ލިބޭނެކަމަށެވެ. ސަރުކާރުން މިހެން ބުނިކަމުގައިވިޔަސް ޖެނުއަރީ 1 ވަނަދުވަހުން ފެށިގެން ވަނީ ޖީއެސްޓީ %6 އަށް ބޮޑުކޮށްފައެވެ. މިއީ ކޮންމެ ރައްޔިތެއްގެ ޖީބުންވެސް އުނިވެގެންދާނެ ފައިސާއެކެވެ.

އެހެންނަމަވެސް ހަމައެހެންމެ ޖެނުއަރީ 1 ވަނަދުވަހުން ފެށިގެން ސަރުކާރުން ވަނީ މުޅި ދިވެހިރާއްޖޭގެ އެންމެ ހައި ރައްޔިތުންނަށް ހިލޭބޭސްފަރުވާ ކުރެވޭނެ އައު ނިޒާމު “އާސަންދަ” ތަޢާރަފްކޮށް ކާމިޔާބުކަމާއެކު އެކަން ފަށައިގަންފައެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ. ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

މާފަރު އެއަރޕޯޓް ހަދާ ސަރަޙައްދުގެ ބިން ސާފުކުރަން ފަށައިފި.

ނ.މާފަރުގައި ސަރުކާރުން އަޅައިދެއްވާ އެއަރޕޯޓް އެޅުމަށް ބޭނުންވާ ސަރަޙައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިކަމަށް އެރަށުކަންސިލުން ބުނެފިއެވެ. މާފަރު …

ޚިޔާލެއްދެއްވާ

avatar
wpDiscuz