އިންޓަރހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދޮށިމޭނާހައުސް ހޯދައިފި.

މުބާރާތުގެ ޗެމްޕިއަންޓީމް ޓްރޮފީއާއި އެކު އުފާފާޅުކުރަނީ
މުބާރާތުގެ ޗެމްޕިއަންޓީމް ޓްރޮފީއާއި އެކު އުފާފާޅުކުރަނީ

ނ.ލަންދޫ ސްކޫލްގެ މިއަހަރުގެ އިންޓަރހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދޮށިމޭނާ ހައުސް ހޯދައިފިއެވެ.
ދޮށިމޭނާ ހައުސް ޗެމްޕިއަންކަންހޯދައިފައިވަނީ ރެހެންދި ހައުސް އާ ބައްދަލުކޮށް އިއްޔެ ކުޅުނު ފައިނަލްމެޗްގައި 2 – 0 ންނެވެ.
އިއްޔެ މެޗްގައި ދެގޯލްވެސް ޖަހައިދީފައިވަނީ ދޮށިމޭނާ ހައުސްގެ ހަލުވި ފޯވާޑް ކެޕްޓަން އަޙްމަދު ނަފްސާން ( ޖ.ނަމްބަރ 10 ) އެވެ.
ފައިނަލް މެޗް ނިމުމުން މުބާރާތުގެ މަޤާމްތައްތައްވެސް އިއުލާންކުރުން އިއްޔެ އޮތެވެ. މުޅިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޮށިމޭނާހައުސްގެ ޖ.ނަމްބަރ 10 އަހްމަދު ނަފްސާން އެވެ. އޭނާވަނީ މިމުބާރާތުގެ ޓޮޕްސްކޯރާ ގެ މަޤާމްވެސް ހޯދައިފައެވެ. މުޅި މުބާރާތުގައި އޭނާވަނީ ޖުމުލަ 5 ގޯލް ޖަހާފައެވެ.
މުޅި މުބާރާތުގެ އެންމެމޮޅު ގޯލްކީޕަރަކަށް ދޮށިމޭނާ ހައުސްގެ އަހްމަދު އަރުމީލް ހޮވިފައިވާއިރު އެންމެ މޮޑު ޑިފެންޑަރަކަށް ހޮވިފައިވަނީ ރެހެންދި ހައުސްގެ ސާހިރު އެވެ. އެންމެމޮޅު ފޯވާޑަކަށް ހޮވިފައިވަނީ ދޮށިމޭނާ ހައުސްގެ ޝާނިފް އެވެ. އެންމޮމޮޅު މިޑްފީލްޑް އަކަށް ހޮވިފައިވަނީ ދޮށިމޭނާ ހައުސްގެ މިސްބާހް އެވެ.
މި މުބާރާތުގައި އުންމީދީ 3 ކުޅުންތެރިން ހޮވާފައިވާއިރު އެކުޅުންތެރިންނަކީ ރެހެންދި ހައުސްގެ ހުސެއިން ޝަމްޢާން އާއި، ރެހެންދި ހައުސްގެ އަހްމަދު އައިމަން އާއި، އަދި ސިއްތިމާވާ ހައުސްގެ މުޙައްމަދު އުލުވާން އެވެ.
ފައިނަލް މެޗްގެ ޝަރަފްވެރި މެހްމާނުންގެ ގޮތުގައި އިއްޔެ ދެބޭފުޅުން ހަމަޖައްސާފައިވެއެވެ. އެއީ ކައުންސިލްގެ ދެ މެމްބަރުންކަމުގައިވާ މުޢާވިޔަތު ޢަބުދުއްރަހީމްއާއި، މުޙައްމަދު އަބުދުއްޞަމަދުއެވެ.
މުބާރާތުގެ ޗެމްޕިއަނުންނަށް ޓްރޮފީ ހަވާލުކުރުންވެސް އިއްޔެ މެޗްނިމުން އޮތެވެ. ޓްރޮފީ ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހްމާން ނ.ލަންދޫ ސްކޫލްގެ ސްކޫލް ބޯޑުގެ ވައިސް ޗެއަރޕާރސަން އަލްފާޟިލް ޒަހީނު ޙަސަން އެވެ.
އިއްޔެގެ ފައިނަލް މެޗް ބަލާލުމަށްޓަކައިވެސް ވަރަށް ގިނަޢަދަދެއްގެ ބެލެނިވެރިންނާއި، ޢާއްމުންވަނީ ސްކޫލް ފުޓްބޯޅަ ދަނޑަށް ހާޒިރުވެފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ ގުރެޖްއޭޝަން ބާއްވައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ ގްރެޖްއޭޝަން ޙަފްލާ އެސްކޫލްގައި ރޭ ބާއްވައިފިއެވެ. ވަރަށްކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ބޭއްވި ޙަފްލާގައި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި، …

ޚިޔާލެއްދެއްވާ

avatar
wpDiscuz