އިންޓަރހައުސް ނެޓްބޯޅަ މުބާރާތުގެ ތިންވަނަ މެޗް އެއްވަރުކޮށް ސިއްތިމާވާވެސް ފައިނަލްކަށަވަރުކޮށްފި.

ނ.ލަންދޫ ސްކޫލްގައި މިހާރު ހިނގަމުންދާ އިންޓަރހައުސް ނެޓްބޯޅަ މުބާރާތުގެ މިއަދުކުޅެވުނު 3 ވަނަ މެޗް ދޮށިމޭނާ އާއިއެކު ކުޅެ އެއްވަރުކޮށް މުބާރާތުގެ އެއްކޮޅުން ސިއްތިމާވާ ހައުސް ފައިނަލަށް ހިނގައްޖެއެވެ. ސިއްތިމާވާ މިއަދު ފައިނަލް ކަށަވަރުކުރިއިރު އަނެއްކޮޅުން ބައްދަލުކުރާނީ ރެހެންދިހައުސްއެވެ. ދޮށިމޭނާ ހައުސްވަނީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ މުބާރާތުގެ އެންމެ ފުލަށް ވެއްޓިފައެވެ.

މިއަދުގެމެޗްގައި ސިއްތިމާވާ ހައުސްއާއި، ދޮށިމޭނާ ހައުސް ބައްދަލުކޮށް 8 ޕޮޓް 8 ޕޮޓުން މެޗްއެއްވަރު ވިޔަސް ފައަނަލަށް ސިއްތިމާވާ ގޮސްފައިވަނީ ކުޅުމެޗްތަކަށް ބަލާ އެންމެ ގިނަ ޕޮޓްކުރެވިފައިވަނީ ސިއްތިމާވާ ހައުސްކަމަށްވުމުންނެވެ. ސިއްތިމާވާވަނީ ޖުމްލަ 20 ޕޮޓްކޮށްފައެވެ. ދޮށިމޭނާއަށް ކުރެވިފައިވަނީ 8 ޕޮޓެވެ.

މި މުބާރާތުގެ ފައިނަލްމެޗް އޮންނާނީ މިއަންނަ ހުކުރުދުވަހުއެވެ. މިއަދު ކުޅުނުމެޗްގެ ކްއީން އޮފްދަމެޗަކަށް ހޮވިފައިވަނީ ދޮށިމޭނާހައުސްގެ އާމިނަތު މަނީޝާއެވެ. އިނާމްދެއްވީ މިމުބާރާތުގެ އެއް އަންޕަޔަރ ނ.ލަންދޫ ކަރަންކާވިލާ އަލްފާޟިލާ ޙައްވާ ސުޖާދާއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެސެމްބްލީގައި ކުރެވިދާނެ ދުޢާއެއް (2)

الْحَمْدُ لِلَّهِ حَمْدًا كَثِيْرًا طَيِّبًا مُّبَارَكًا فِيْهِ , އަޅަމެންހައްދަވާ ގެންގުޅުއްވާ އިލާހު، އަޅަމެންގެ މާތްނަބިއްޔާ މުޙަންމަދު ރަސޫލުﷲ …

ޚިޔާލެއްދެއްވާ

avatar
wpDiscuz