އިންޓަރހައުސް ނެޓްބޯޅަ މުބާރާތުގެ ދެވަނަ މެޗްވެސް ކާމިޔާބުކޮށް ރެހެންދި ފައިނަލަށް

ނ.ލަންދޫ ސްކޫލްގައި މިހާރު ހިނގަމުންދާ އިންޓަރހައުސް ނެޓްބޯޅަ މުބާރާތުގެ މިއަދު މެޗްވެސް ކާމިޔާބުކޮށް މުބާރާތުގެ އެއްކޮޅުން ފައިނަލަށް ރެހެންދިހައުސް ހިނގައްޖެއެވެ.

މިއަދުގެމެޗްގައި ރެހެންދި ހައުސްއާއި، ދޮށިމޭނާ ހައުސް ބައްދަލުކޮށް 3 ޕޮޓް 22 ޕޮޓުން މެޗްކާމިޔާބު ކޮށްފާވަނީ ރެހެންދިހައުސްއެވެ. މިއަދުގެ މެޗް ރެހެންދި ހައުސް ކާމިޔާބުކޮށްފާ ވާއިރު އިއްޔެކުޅުނު މިމުބާރާތުގެ ފުރަމަތަމެޗްވެސް ވަނީ ރެހެންދި ކާމިޔާބުކޮށްފައެވެ.

މާދަމާ ބައްދަލުކުރާނީ މި މުބާރާތުގެ 3 ވަނަމެޗެވެ. ބައްދަލުކުރަނީ ދޮށިމޭނާ ހައުސް އާއި، ސިއްތިމާވާ ހައުސް އެވެ. ރެހެންދިހައުސް އާއި، އެކު ފައިނަލްގައި ބައްދަލުކުރާނީ މިމެޗުން މޮޅުވާޓީމެކެވެ.

މިއަދު ކުޅުނުމެޗްގެ ކްއީންއޮފްދަ މެޗަކަށް ހޮވިފައިވަނީ ރެހެންދި ހައުސްގެ ފާތުމަތު ސުނާނާ އެވެ. އިނާމްދެއްވީ ނ.ލަންދޫހެލްތްސެންޓަރ ގެ ހެލްތްވޯކަރ އަލްފާޟިލާ ތަސްލީމާ އަބޫބަކުރެވެ.

މިއަދުގެ މެޗްގެ ކުޅިބެލުމަށްވެސް ގިނައަދަދެއްގެ ބެލެނިވެރިންނާއި، ދަރިވަރުންނާއި، ސްކޫލްގެސްޓާފުން ދަނޑުދޮށަށް ހާޒިރުވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކުޅުދުއްފުށީގައި މިހާރު ހުއްޓިފައި ހުރި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން – ޑރ.މުއިއްޒު

ހދ. ކުޅުދުއްފުށީގައި މިހާރު ހުއްޓިފައި ހުރި ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގ …

ޚިޔާލެއްދެއްވާ

avatar
wpDiscuz