އިންޓަނެޓަށް ކުޑަކުދިން ހޭލުންތެރިކުރުވަނީ.

internetf
އިންޓަނެޓަށް ކުޑަކުދިން ހޭލުންތެރި ކުރުމުގެ ޚާއްޞަ ކެމްޕެއިނެއް “ސާފް ސްމާޓް” ނަމުގައި ފަށައިފިއެވެ.
އިންޓަނެޓު ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ކުދިން ހޭލުންތެރި ކުރުވުމުގެ ކެމްޕޭނެއް މިއަދު ފަށާފައިވަނީ ދިރާގާއި އާކް އަދި މީޑިއާނެޓު ގުޅިގެން ނެވެ. މި ކެމްޕޭންގެ ދަށުން ކުޑަކުދިންގެ އިތުރުން ބެލެނިވެރިންނާއި ޓީޗަރުން ނަށްވެސް ތަފާތު މައުލޫމާތު ދޭނެ އެވެ.
އާކްގެ އެގްޒެކެޓިވް ޑިރެކްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕޭނުގެ ދަށުން އިންޓަނެޓު ރައްކާތެރި ގޮތުގައި ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދޭނެ ކަމަށެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން އަހުމަދު އިމްޖާދު ވިދާޅުވީ މި ޕްރޮގްރާމުގައި އެ ކުންފުނިން ބައިވެރިވަނީ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar