އިންޑިޔާގެ އެހީތެރިކަމަށް އެމްޑީޕީ އިން އެދެނީ.

ModiLabour
ޤާނޫނު އަސާސީގެ ދިފާޢުގައި ކަމަށްބުނެ އެމްޑީޕީން ކުރަމުންގެންދާ ގެންދާ މުޒާހަރާތަކާއި، އަދި ކުރީގެ ރައީސް ނަޝީދު ހައްޔަރު ކޮށް އޭނާގެ މައްޗަށް ހިންގަން އުޅޭ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ވާދަވެރި ފަރާތްތަކާ މަޝްވަރާ ކުރުމަށް އެއް މޭޒެއްގެ ދޮށަށް ދިވެހި ސަރުކާރު ގެނައުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށް އެމްޑީޕީން އިންޑިއާއަށް ގޮވާލައިފިއެވެ.

އެމްޑީޕީގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން ހާމިދު އަބްދުލް ޣަފޫރު އިންޑިއަން އެކްސްޕްރެސްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ. ސަރުކާރާއި، އިދިކޮޅު ފަރާތްތަކުގެ މަޝްވަރާއަށް ވާނީ އެމްޑީޕީގެ ފަރާތުން ގޮވާލާފައިކަމަށެވެ. އަދި މިކަމަށް މެދުވެރިއެއް ބޭނުންވާ ކަމަށާއި، އެމެދުވެރިއަކު ވާންޖެހޭނީ ބާރުގަދަ މެދުވެރިއެއްކަމަށެވެ.

ކަމާބެހޭ އޮފިޝަލުންނާ ބައްދަލު ކޮށް ރާއްޖޭގެ ޙާލަތާ ބެހޭ ގޮތުން މައުލޫމާތު ސާފުކޮށްފިނުމަށް އިންޑިއާއަށް ޒިޔާރަތްކުރި އެމްޑީޕީގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ހާމިދު ވިދާޅުވީ، އިންޑިއާއިން އެދެފި ނަމަ، ވާދަވެރި ފަރާތްތަކާ ވާހަކަ ދެއްކުމަށް ސަރުކާރުން އެއްބަސްވާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
އިންޑިއާގެ އެހީތެރިކަމަށް އެމްޑީޕީން އެދިފައިވާއިރު އަންނަ ހުކުރުދުވަހު އެމްޑީޕީ – ޖޭޕީ ގެ ބޮޑު މުޒާހަރާ ވަރުގަދަކޮށް އެއީ ރައްޔިތުން އެދޭ ބަދަލު ދިވެހިރާއްޖެއަށް ގެނުވާނެ އެންމެފަހުގެ މުޒާހަރާކަމުގައި އެމްޑީޕީ އަދި ޖޭޕީގެ އިސްލީޑަރުން ތަފާރު ފޯރަމްތަކުގައި ދަނީ ބުނަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސިޓީ ކައުންސިލްތަކަށް އަލަށް ހޮވުނު އެމްޑީޕީ މެމްބަރުނާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި

ސިޓީ ކައުންސިލްތަކަށް އަލަށްހޮވުނު އެމްޑީޕީ މެމްބަރުންނާ ރައީސް ނަޝީދު ފޯނުކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ އެމްޑީޕީ ސެކްރެޓޭރިއެޓްގައެވެ. ކުރީގެ …

ޚިޔާލެއްދެއްވާ

avatar