އިންތިހާބެއް މިއަހަރުގެ ތެރޭގައި ނުބޭއްވޭނެ-ރައީސް

އަވަސް އިންތިހާބެއް މިއަހަރުގެ ތެރޭގައި ނުބޭއްވޭނެ ކަމަށާއި އެންމެ އަވަހަށްވެސް އިންތިހާބެއް ބޭއްވޭނީ އަންނަ އަހަރުގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ. ރައީސް ވަހީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޑިއާގެ އޮންލައިން ނޫހެއް ކަމަށްވާ “ދަ ޓެލެގްރާފް” އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއަހަރުގެ ތެރޭގައި ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވެން ނެތް ކަމަށާއި ނަމަވެސް އަވަސް އިންތިހާބެއް އަންނަ އަހަރު ތެރޭގައި އޮންނާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އަވަސް އިންތިހާބަކާ މެދުގައި ހުރިހާ ޕާޓީތަކެއްގެ މެދުގައި ވާހަކަ ދެއްކުމަށް ރޭވުނު ކަމަށާއި ނަމަވެސް އަދިވެސް ތާރީޚެއް ކަނޑަނޭޅޭ ކަމަށެވެ.އަދި ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުންނޭ ކިޔައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ގެންދަވާތީ އެކަމަށް ރައްދު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ ނަޝީދަކީ ލަދުފުޅު ގަންނަ ބޭފުޅެއް ނޫން ކަމަށާއި، އަދި ނަޝީދަކީ ކުރީގައި ރާއްޖޭގައި ނޫސްވެރިކަން ކުރެއްވި ބޭފުޅެއް ކަމަށާއި ރާއްޖޭގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީފުޅު ލިޔުއްވީވެއް އެމަނިކުފާނު އަމިއްލަފުޅަށް ކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

އަދި ރައީސް ވަހީދު ވިދާޅުވި ރައީސް ކަމުގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވިއިރު އެމަނިކުފާނުގެ ކެބިނެޓްވެސް އޮތީ އެމަނިކުފާނު ފަހަތްޕުޅުގައި ކަމަށާއި އިސްތިއުފާ ދެއްވުމުގެ ކުރިން އިސްތިއުފާ ދެއްވަނީ ބަޔަކު ބިރުދައްކައިގެންނޭ ވިދާޅު ނުވާކަމަށެވެ. ނަމަވެސް ކުރީގެ ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިތާ 24 ގަޑިއިރުވެސް ނުވަނީ އެމަނިކުފާނު އިސްތިއުފާ ދެއްވީ ބަޔަކު ބާރުގެ ބޭނުންކޮށް އެމަނިކުފާނުގެ ބޮލުގައި ބަޑި ޖައްސަވައިގެންނޭ ވިދާޅުވުމުން އެކަމާމެދު ސުވާލު އުފެދޭކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه …

ޚިޔާލެއްދެއްވާ

avatar
maju
maju

ތިހެންބުންޏަސް ޖެހޭނީ ބާއްވަން ،އިންކުއަރީކޮމިޝަންގަ އެމް ޑީ ޕީ މެމްބަރުން ނެއް ނުހިމަނާނަމޭވެސް ކާޅު ވަހީދު ބުންޏެއްނުން ، މިހާރު ކޮންތާކުޖެހުނީ …. އެމްޑީޕީން ބުނާގޮތަށް ހަދަންޖެހޭނީ ދެން ލަ ލަ ލާ

މުޖުތަބާ
މުޖުތަބާ

ސާބަހޭ ރައީސް ވަހީދު ތިޔަހެން ތިބޭނީ ފިރިހެންކުދިން………..

wpDiscuz