އިންކްއަރީ ކޮމިޝަންގެ ބޭނުމެއް މިހާރަކުނެތް…..!

މިއަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަމިއްލަ ފުޅަށް އިސްތިޢުފާ ދެއްވާ ރާއްޖޭގެ ރައީސްކަމުގެ މަޤާމް ދޫކޮށްލެއްވުމާއި ހަމައިން ރާއްޖޭގެ އިންތިޚާބީ ސަރުކާރު އުވިގޮސް އިއްތިހާދީ ސަރުކާރެއް އުފެދި ރައީސްކަމުގެ މަޤާމަށް ކުރީގެ ނައިބްރައީސް ޑރ.މުޙައްމަދު ވަޙީދު ހަސަންމަނިކު ވަޑައިގެންނެވުން ވީ ދުވަހަކުވެސް ބަޔަކު ޚިޔާލަށްވެސް ނާންނަހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހިގައިދިޔަ ބޮޑުކަންތައް ގަނޑެކެވެ.

މިކަންތައް މިހެން ދިމާވުމުން އެއްބަޔަކު އަނެއްބަޔަކަށް އިނގިލިދިއްކޮށް އިލްޒާމްތައް އަޅުވަންފެށިއެވެ. މި އިލްޒާމްތަކުގެ އެންމެބޮޑު ޝިކާރައަކަށްވީ އެއް މުއައްސަސާއަކީ ދިވެހި ފުލުހުންނެވެ. އޭގެ އިތުރުން ފަހުން ދިވެހި ސިފައިންވެސްވަނީ އެބަޔަށް ވައްދާފައެވެ. އަދި ސަރުކާރު އަނބުރާލީ ސީދާ ބޮޑު ބަޣާވާތަކުން ކަމަށްބުނެ އިދިކޮޅު ސިޔާސީ ބޭފުޅުންގެ އިސްތަށިފުޅުގައި ވަރުގަދަ ތުހުމަތު ތަކެއް އަޅުވަމުން ގެންދިޔައެވެ.

އޭގެ ތެރޭގައި ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބުުދުލް ޤައްޔޫމް އާއި، ރާއްޖޭގެ އެންމެބޮޑު މަހުޖަނު ޤާސިމް އިބްރާހިމާއި، އަދި މިހާރުގެ ރައީސް ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކު ހިމެނިގެން ދިޔައެވެ. އެހެންނަމަވެސް ފަހުންވަނީ ރައީސް މައުމޫން ގެ އިސްތަށިފުޅުގައި އެ އިލްޒާމް އެޅުވުނީތީ އެކަމަށް މަޢާފަށް އެދިވަޑައިގެން އިސްތިއުފާދެއްވި ރައީސް ނަޝީދު ބަޔާނެއް ވެސް ނެރުއްވާފައެވެ.

މިކަން ކަން މިހެން ދިމާވުމުން ބޭރުގެ ނުފޫޒާއެކު ދެން މިހާރުގެ ސަރުކާރަށް މަޖުބޫރުވީ މިކަން ތައް ހިގާދިޔަގޮތް ބެލުމަށް ޚާއްޞަ ކޮމިޝަނެއް އުފައްދައި އަލިފުން ޔާއަށް އެކަން ހިނގައިދިޔަގޮތް ބެލުމެވެ. އެެހެންކަމުން މިނިވަން މުސްތަޤިއްލު ބޭފުޅުން ކޮޅަކާއެކު ރައީސް ވަހީދު އިންކްއަރީ ކޮމިޝަނެއް އުފެއްދެވިއެވެ.

ކޮމިޝަން އުފެއްދެވި ދުވަހުން ފެށިގެންވެސް ކުރީގެ ސަރުކާރުގެ ( އެމްޑީޕީއަށްނިސްބަތްވާ ) ބޭފުޅުން ވިދާޅުވަމުންދިޔައީ ކޮމިޝަން މުސްތަޤިއްލު ނޫންކަމަށާއި، ކޮމިޝަނުން ނިންމާ ނިންމުމަކީ ސަރުކާރު ބަދަލުކުރީ ބަޣާވާތަކުން ނޫން ގޮތަކަށް ނިންމައިފިނަމަ އެނިންމުން އެބޭފުޅުން ބަލައިނުގަންނާނެކަމަށެވެ.

އެމްޑީިޕީ ގެ ވާހަކަ އެހެން ހުރިނަމަވެސް މިހާރުގެ ސަރުކާރާ އެއްކޮޅު ( ޕީޕީއެމް ) ފަދަ ޕާޓީތަކުން ބުނަމުން އައީ ކޮމިޝަނުން ކޮންމެގޮތަކަށް ނިންމިނަމަވެސް އެބޭފުޅުން ހަމަ ހެޔޮހިތުން އެކަން ބަލައިގަންނާނެކަމަށެވެ. އަދި ޚާއްޞަކޮށް ސަރުކާރު ބަދަލުކުރީ ބަޣާވާތަކުން ކަމަށް ކޮމިޝަނުން ނިންމައިފިނަމަ ކުރީގެ ރައީސް ނަޝީދު ގެ ސަރުކާރު އަލުން އަނބުރާ އެމަނިކުފާނާ ހަވާލުކޮށް އަލުން ރިޕްލެސް ކުރާނެކަމަށެވެ.

ވާހަކަތައް މިހެން ހުރިނަމަވެސް ޕީޕީއެމް ގެ އިންތިޤާޟީ ރައީސް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބުދުލް ޤައްޔޫމް އިންކްއަރީ ކޮމިޝަނަށް ފުރަތަމަ ފަހަރަށް މަޢުލޫމާތު ދެއްވުމަށްފަހު މީޑިއާގައި ވިދާޅުވީ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމެއް ޤަބޫލު ފުޅުނުކުރައްވާނެކަމަށެވެ. އަދި ކޮމިޝަނުގެ ނިންމުން އެމަނިކުފާނުޤަބޫލުކުރައްވާނީ ވެރިކަން ބަދަލު ކުރުމުގައި ޤާނޫނާއި، ޤަވާއިދު ތަކާޚިލާފު އެއްވެސް ކަމެއް ނެތްކަމަށް އެކޮމިޝަނުން ހަމައެކަނި ނިންމުމުންކަމަށެވެ.

އެހެންވީމާ މިހިސާބުން އަޅުގަނޑުމެން ޢާއްމު ރައްޔިތުންގެ ހިތްތަކުގައި އުފެދޭ ސުވާލަކީ އިންކްއަރީ ކޮމިޝަނެއް ހަދައިގެން ސަރުކާރުން ބޮޑު ޚަރަދުކޮށްގެން ބޭކާރު މަސައްކަތްތެއް ކުރުމުގެ ބޭނުމަކީ ކޮބައިބާވައެވެ. މައްސަލަ ނިސްބަތަވާ ދެފަރާތުންވެސް އެބައެއްގެ ކޮޅަށް ބުރަވެގެން ނިންމުމުންނޫނީ ކޮމިޝަނުގެ ނިންމުން ބަލައި ނުގަންނަ އިރު ކޮމިޝަނުގެ ބޭނުމެއް ނެތެވެ. އެއީ ހުސްމަސައްކަތް ތަކެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކޯނީގެ ރިޕޯޓް ސަރުކާރުން ބަލައިގަންނާނެ – ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން

ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުތައް ބަދަލުވީ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު އުފެއްދެވި ނޭޝަނަލް އިންކްއަރީ ކޮމިޝަންގެ ރިޕޯޓް …

ޚިޔާލެއްދެއްވާ

avatar
ޝަހީދު ، މާލެ
ޝަހީދު ، މާލެ

ވަރަށް ރަގަޅު ވާހަކައެކެވެ. ކުރީގައި މައުމޫނު ހީފުޅުކުރެއްވީ ކޮމިޝަނުން ނިންމާނީ އެބޭފުޅުންނާ އެއްކޮޅަށްކަމަށެވެ. ނަމަވެސް މިހާރު އެބޭފުޅުންނާ ދެކޮޅަށް ކޮމިޝަނުން ކަމެއް ނިންމާފާނެކަމަށް ހީފުޅުވަނީއެވެ. އެހެންވީމާ ވިދާޅުވެވޭނީ އެހެން ނޫންހެއްުޔެވެ.

wpDiscuz