އިންކުއަރީ ކޮމިޝަން އަލުން އެކުލަވާލުމުގެ އިދާރީ މަސައްކަތްތައް ފަށައިފި

ފެބުރުއަރީ 7 ގައި އުސްތިޢުފާ ދެއްވެވި ކުރީގެ ރައީސް އަލްފާޟިލް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ބެލުމަށް ރައީސް މުހަންމަދު ވަހީދު އުފައްދަވާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަން އަލުން އެކުލަވާލުމުގެ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަވާ ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

އަލުން ކޮމިޝަން އެކުލަވާ ލެވޭއިރު ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އަހުމަދު ސައީދު (ގަހާ ސައީދު) އާއި ސިންގަޕޫރުގެ ސުޕްރީމް ކޯޓުގެ ރިޓަޔާޑް ފަނޑިޔާރަކު އިތުރު ކުރެވޭނެއެވެ. މިހާރު ކޮމިޝަންގައި ތިއްބަވަނީ އިސްމާއީލް ޝަފީއު އާއި ޑރ. އިބްރާހިމް ޔާސިރު އަދި ޑރ. އަލީ ފަވާޒް ޝަރީފެވެ.

މީޑިޔާގައި އާޒިމާ ވިދާޅުވީ ކޮމިޝަން އަލުން އެކުލަވާލައްވަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަމަށްވާތީ އެ ގަރާރު ތައްޔާރު ކުރުމުގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި އަލަށް އެކުލަވާލާ ކޮމިޝަންގެ އިޖުރާއީ އުސޫލުތަކާއި ކޯޑް އޮފް ކޮންޑަކްޓް ވެސް ކަނޑައަޅުއްވަމުން ގެންދަވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.

“އުސޫލެއްގެ ގޮތުން އިޖުރާއީ އުސޫލުތަކާއި ކޯޑް އޮފް ކޮންޑަކްޓް އެކުލަވާލާނީ ކޮމިޝަންގެ އިސް ބޭފުޅުންގެ އިރުޝާދުގެ ދަށުން. މިފަހަރު ދެ ޗެއާ ތިއްބަވާނެތީ އެ ދެ ބޭފުޅުންގެ އިރުޝާދުގެ ދަށުން ވާހަކަ ދައްކައިގެން އެކަން ކުރަމުން ގެންދަނީ. ގަރާރާއެކު ކޮމިޝަންގެ އާ އިޖުރާއަތް ވެސް އެނގޭނެ،” އާޒިމާ ވިދާޅުވި އެވެ. “ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވަންވާއިރަށް އެކަންކަން ނިންމަން މަސައްކަތް މި ކުރަނީ.”  ތަފްސީލް ދެއްވަމުން އާޒިމާ އިތުރަށް ސާފްކޮށްދެއްވިއެވެ.

އާ ކޮމިޝަންގެ ޗެއާ އަކަށް ހަމަޖައްސަވަނީ ޝަފީއު އެވެ. އަދި ކޯ ޗެއާ އަކީ ސިންގަޕޫރު ފަނޑިޔާރެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އާބާދީބޮޑު ވެލިދޫ ބަލިކޮށް ލަންދޫ ފައިނަލަށް

ޝިޔާމް-މަޢުރޫފް ސޮކަކަޕްގެ ސެމީފަނަލް ދެވަނަ މެޗުގައި އިއްޔެހަވީރު ނ.އަތޮޅުގެ އާބާދީ އެންމެ ބޮޑުރަށް ވެލިދޫ ބަލިކޮށް ލަންދޫ ފައިނަލަށް ގޮއްސިއެވެ. …

ޚިޔާލެއްދެއްވާ

avatar
Adnan Ibrahim
Adnan Ibrahim

ރ.ވަހީދު އެކުލަވާލެއްވި އިންކްއަރީންވެސް ރ.ވަހީދު ވެރިކަމަށް އައީ ބަގާވާތެއް ކޮށްގެންކަން ސާފްވޭ! އެންމެ ރަނގަލުވާނީ އަވަހަށް އިސްތިއުފާދެއްވާ ބާގީއެއްގެ ގޮތުގައި އަމިއްލަޔަށް އަނދަގޮޑި ޖެހުނިއްޔާ އޭރުން ޒައީމަށްވެސް އެންމެ ރަނގަލުވާނީ !

wpDiscuz