އިންކުއަރީ ކޮމިޝަނުގެ ނިންމުން ކޮންމެ ގޮތައް އައިކަމުގައި ވީނަމަވެސް ރާއްޖޭގައި އަވަސް އިންތިހާބެއް ނުބޭއްވޭނެ-އުމަރު ނަސީރުު

އިންކުއަރީ ކޮމިޝަނުގެ ނިންމުން ކޮންމެ ގޮތައް އައިކަމުގައި ވީނަމަވެސް ރާއްޖޭގައި އަވަސް އިންތިހާބެއް ނުބޭއްވޭނެ-އުމަރު ނަސީރުު

ވެރިކަން ބަދަލުވިގޮތް ތަހްގީގުކުރުމަށް އެކުލަވާލެފައިވާ އިންކުއަރީ ކޮމިޝަނުގެ ނިންމުން ކޮންމެ ގޮތައް އައިކަމުގައި ވީނަމަވެސް ރާއްޖޭގައި އަވަސް އިންތިހާބެއް ނުބޭއްވޭނެކަމަށް ސަރުކާރު އިއްތިހާދުގައި ހިމެނޭ ޕީޕީއެމްގެ އިންތިގާލީ ނައިބް ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

 ރޭ ދިޓީވީ ހަބަރުތެރެއިން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ގާނޫން އަސާސީގައި ބުނާ ތާރީހުގައި ނޫނީ ރާއްޖޭގައި އަވަސް އިންތިހާބެއް ނުބޭއްވޭނެކަމަށާއި ، އިންކުއަރީ ކޮމިޝަނުން ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ މަޖްބޫރުވެގެން ނުވަތަ އެމަނިކްފާނު އެ ވިދާޅުވާގޮތައް ބޮލުގަ ބަޑިޖައްސަވައިގެންކަމަށް ނިންމާއިފިކަމުގައި ވަނީނަމަ އިންތިހާބެއް ބޭއްވުމެއް ނެތި ނަޝީދާއި ވެރިކަން ޖެހޭނީ ހަވާލުކުރަންކަމަށެވެ. އުމަރު ވިދާޅުވީ ގާނޫން އަސާސީގައި ބުނާ ތާރީހުގަ ނޫނީ އިންތިހާބެއް ރާއްޖޭގައި ނުބޭއްވޭނެކަމަށް މިހާރު ރައްޖެވަޑައިގެން އުޅުއްވާ ކޮމަންވެލްތުގެ މަންދޫބު ޑޮން މެކިނަމްއަށް ވެސް ދަންނަވާފައިވާނެކަމަށެވެ.

އިތުރައް އެމްޑިޕީން މަގުމަތީގައި ހިންގަމުންދާ ހަރަކާތްތަކާއި ބެހޭގޮތުން އުމަރު ވިދާޅުވީ އެމްޑީޕީން އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާއި މަގުމަތީގައި ހިންގާ ހަރަކާތްތައްކުން މިސަރުކާރަށް އެއްވެސް ވަރެއްގެ ގޮންޖެހުމެއް ނެތްކަމަށެވެ. އުމަރު ވިދާޅުވީ މިސަރުކާރަށް ޕްރެޝަރ ކުރެވޭނެ ވަރުގެ ގާބިލްކަމެއް އެމްޑީޕީއަކު ނެތްކަމަށާއި، މިސަރުކާރު އުފެދިގެން މިހާތަނަށް ތިންމަސް ވެފައިވާއިރު އެމްޑީޕީން އެތައް ބައިވަރު މުޒާހަރާއެއްކޮށްފިކަމަށާއި އެކަމުން މާބޮޑު ފައިދާއެއް އެމްޑީޕީއަށް ކޮށްފައި ނުވާކަމަށެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ނަމާދެއް ނާޅާށެވެ.

ޚިޔާލެއްދެއްވާ

avatar