އިންކުއަރީ ކޮމިޝަނުގައި އަމަލީ ގޮތުން ބައިވެރިވުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ޕާޓީއަކަށް ސަރުކާރުން ނުދެއްވާނެ-ތަރުޖަމާން

އިންކުއަރީ ކޮމިޝަނުގައި އަމަލީ ގޮތުން ބައިވެރިވުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ޕާޓީއަކަށް ސަރުކާރުން ނުދެއްވާކަމަށް ސަރުކާރު ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ދެ ބޭފުޅަކު ކޮމިޝާނުގައި ބައިވެރިވުމަށް ކޮމަންވެލްތުގެ މަންދޫބާއި އަދި ސިޔާސީ ޕާޓީތަކާއި އެކު އެއްބަސް ވެވިފައިވާކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ހާމިދު އަބްދުލަ ގަފޫރު ދެއްކެވި ވާހަކައާއި ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން އައްބާސް އާދިލް ރިޒާ ވިދާޅުވީ ކޮމިޝަންގެ މަސައްކަތް އޮބްޒާވް ކުރުމުގެ ފުރުސަތު ފިޔަވައި އެހެން އެއްވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ދެއްވާގޮތައް ސަރުކާރުން ނިންމާފައި ނުވާކަމަށެވެ. އިތުރަށް އައްބާސް ވިދާޅުވީ ކޮމިޝަންގެ މަސައްކަތް އޮބްޒާވް ކުރުމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ފަރާތްތަކަށް ވެސް އެ ފުރުސަތު ކުރިން ވެސް ވަނީ ހުޅުވާލެފަކަމަށެވެ.

އެމްޑީޕީން ބުނަމުން ގެންދަނީ ކުރީގެ ރައީސް ނަޝީދު ގަބޫލްކުރައްވާފަދަ ދެބޭފުޅުން އިންކުއަރީ ކޮމިޝަންގައި އެކުލަވާލެއްވުމަށް ކޮމަންވެލްތާއި އަދި ސަރުކާރު ނިސްބަތްވާ ޕާޓީތަކާއި މަޝްވަރާކުރެވި އެއްބަސް ވެވިފައިވާކަމަށާ، އަދި އެގޮތައް ނިންމީ ކުރީގެ ރައީސް ނަޝީދު ކޮމިޝަނަށް ވަޑައިގެން މައުލޫމާތު ދެއްވާއިރު ނަޝީދަށް އިތުބާރު ހިފޭ ފަދަ ބަޔަކު ކޮމިޝަނުގައި ތިބުމަކީ މުހިއްމުކަމެއްކަމަށް ވާތީކަމަށް އެމްޑީޕީން ބުނެއެވެ.މިކަމާއި ގުޅިގެން ސަރުކާރު އިއްތިހާދުގައި ހިމެނޭ ޕީޕީއެމްގެ ކައުންސިލް މެމްބަރު އުމަރު ނަސީރު ވިދާޅުވީ ވަކި ސިޔާސީ ޕާތީއަކުން މެމްބަރަކު އެ ކޮމިޝަނަށް އިތުރުކުރައްވާއިފި ކަމުގައި ވަނީނަމަ ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް މެމްބަރުން ބައިވެރިކުރުމުގެ ފުރުސަތު ދެވެންޖެހޭނެކަމަށެވެ.

އެމްޑީޕީން ކޮމިޝަނާއި މެދު ސުވާލު އުފައްދަވަމުން ގެންދަވާއިރު، އަދި ނަޝީދަށް އިތުބާރު ހިފޭފަދަ ބޭފުޅަކު ކޮމިޝަނުގައި ހިމެނުމަށް ގޮވާލަމުން ދާއިރު އެމްޑީޕީގެ ވަރަށް އިސް ދެ ފަރާތަކުން ކޮމިޝަނަށް ބޭނުންވާ މައުލޫމާތު ދިނުމަށް އުޒުރުވެރިވެފައިވާކަމަށް ، ކޮމިޝަނުގެ މަސައްކަތާއި ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ކޮމިޝަނުން ވަނީ ބުނެފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

އާބާދީބޮޑު ވެލިދޫ ބަލިކޮށް ލަންދޫ ފައިނަލަށް

ޝިޔާމް-މަޢުރޫފް ސޮކަކަޕްގެ ސެމީފަނަލް ދެވަނަ މެޗުގައި އިއްޔެހަވީރު ނ.އަތޮޅުގެ އާބާދީ އެންމެ ބޮޑުރަށް ވެލިދޫ ބަލިކޮށް ލަންދޫ ފައިނަލަށް ގޮއްސިއެވެ. …

ޚިޔާލެއްދެއްވާ

avatar
maju
maju

ހީވާގި ލިއުންތެރިން ކޮޕީއެއްނުކުރާނެ. ހެ ހޭ

wpDiscuz